މާލެ ސިޓީގެ ފާރުތަކުގައި ކުރަހާފައި ހުރި ގްރެފިޓީތައް ފުހެލުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެސިޓީ ކައުންސިލުން ބުނީ، އެ މަސައްކަތް އެ ސިޓީ ކައުންސިލުން ކުރިއަށްގެންދަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ކަމަށެވެ.
މިގޮތުން މި މަސައްކަތުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި އާއްމު އިޖުތިމާއީ މިންގަޑާ ހިލާފަށް ހުރި ކުރެހުންތަކާ ލިޔުންތައް، ފޮހެލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ހިއްސާ ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މާލޭގެ ބައެއް މަގުތަކާއި ގޯޅިތަކުގައި ހުރި ގްރެފިޓީތަކުގައި ބިދޭސީން ކުލަ ލުމުގައި ހަރަކާތްތެރި ވަމުން ދާއިރު ފުލުހުން އެ ސަރަހައްދުތައް މޮނީޓާ ކުރަމުން ދާ މަންޒަރު ފެނެއެވެ.
މީގެ ކުރިން ވެސް މާލެ ސިޓީގެ ފާރުތަކުގައި ކުރަހާފައި ހުރި ގްރެފިޓީތައް ފުހެލުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ވަނީ ކޮށްފައެވެ.