ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތަކުގެ ތެރެއިން މޯލްޑިވްސް ރީޕޯމް މޫވްމަންޓް (އެމްއާރްއެމް) އިން 3000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަަޅައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެމްއާރްއެމުން ބުނީ މިއަދުގެ ވަގުތެއްގައި އީސީއަށް ފޯމް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް 3000 މެންބަރުން ހަމަ ނުވުމާ ގުޅިގެން އީސީއިން އެ ޕާޓީ އުވާލަން ނިންމިއެވެ. ނަމަވެސް އެމްއާރްއެމްގައި 3000 މެންބަރުން ހަމަވާނެ ކަމަށް އެ ޕާޓީއިން އޭރު ވަނީ ބުނެފައެވެ.
އެންމެ ފަހުން އީސީން ހާމަ ކުރި މައުލޫމާތަސް ބަލާއިރު، ޕާޓީއެއްގައި 3 ހާސް މެންބަރުން ހަމަނުވާ 3 ޕާޓީއެއް އެބަ އޮތެވެ. އެ ޕާޓީތަކަކީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އެވެ. މިއަދު އެމްއާރްއެމުން ފޯމް ހުށަހެޅުމުން މިހާރު 3000 މެންބަރުން ހަމަނުވެ އޮތީ ދެ ޕާޓީއެވެ.
ރާއްޖޭގައި 11 ޕާޓީއެއް ރަޖިސްޓްރީކޮށްފައި ވާއިރު އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެ ޕާޓީގެ ދަފްތަރުގައި މިހާރު 57،660 މީހުން ތިބި އިރު، ދެވަނައަށް މެންބަރުން އެންމެ ގިނައިން ތިބީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައެވެ. ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ޕީޕީއެމްއަށް ސޮއި ކުރި 6،372 މީހުން ހިމެނޭ ގޮތަށް ޖުމްލަ 38،704 މެންބަރުން ޕީޕީއެމްގައި އެބަ ތިއްބެވެ. އަދި ތިންވަނައަށް މެންބަރުން އެންމެ ގިނައީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ. އެ ޕާޓީގައި މިހާރު 22،607 މެންބަރުން އެބަ ތިއްބެވެ.
ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ. 3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މެންބަރުންގެ އަދަދު 3000 އަށް ވުރެ މަދުވެއްޖެނަމަ ޖެހޭނީ އެ ޕާޓީއެއް އުވާލާށެވެ.
ހާދައަވަހައް ތިންހާސް ހަމަކޮއްލަނީ ތިވެސް ވާނީ ކޮނމެވެސް ޕާޓީޔަކުން ވަގައް ނަގާފާ ހަމަކުރީކަމައް އެވަރުންވެސް ޕާޓީހެދޭތޯމމިބަލަނީ ގަބޫލުކޮއްބަލަ ތިމަން މަނިކުފާނު ރައްޔިތުން ބަލައިނުގައްނަކަން ލަދުން ބޯހަލާކު ބަލަގަ މީކީ ފަންސާހުގެ އަހަރުތަކެއްކަމައްތޯ ހީފުޅުކުރައްވަނީ މއެދުވަހެއްނޫން މިހާރު ރައްޔިތުން އެޔައްވުރެ ހޭލުންތެރި ވަރައްސަލާމް