އިންސްޓަގްރާމުގައި ވައިރަލް ވަމުންދާ ވީޑިއޯ ކްލިޕަކުން ފެންނަނީ އުމުރުން ދުވަސްވީ ދެމަފިރިއަކު ސައި ހޮޓަލެއްގެ މޭޒުމަތީގައި ކެޔޮފަތްގަނޑެއް ބާއްވައި އޭގައި ބަތް މޮޑެގެން ތިއްބައެވެ.

އިންޑިއާގެ ހޮޓަލެއްގައި ތިބި އެ ދެމީހުން ކުރެ ބަލާ ބެލުމަށް ފިރިހެން މީހާ ބައްޔެވެ. މުސްކުޅި ކަމާއެކު ބަލިކަން ފެނެއެވެ.

މޭޒުމަތީގައި ކެޔޮފަތް އަޅައިގެން އެއަށް ބަތާއި ގްރޭވީ އަޅާ އެއްކޮށްގެން ކެއުމަކީ އިންޑިއާގައި އާ ކަމެއް ނޫނެވެ. ނަމަވެސް އެ ވީޑިއޯ ކްލިޕްގައި ފެންނަނީ، އުމުރުން ދުވަސް ވީ އެ ފިރިހެން މީހާއަށް އުމުރުން ދުވަސް ވީ އޭނާގެ އަންހެނުން ކާން ދޭ ތަނެވެ. ބަތް ސުވާ އަތުން ލަވައިދޭތަނެވެ.

އެ ވީޑިއޯ މިހާތަނަށް 11 މިލިއަން މީހުން ބަލާފައި ވާ އިރު، ބައެއް މީހުން ބުނެފައި ވަނީ އެއީ ކޮންމެވެސް ރަސްމިއްޔާތަކަށް އެ ދެމަފިރިން ގޮސް ތިބި ވަގުތެއް ކަމަށެވެ.

އިންސްޓަގްރާމްގައި ޝެއާ ކޮށްފައި ވާ ވީޑިއޯ ކްލިޕް

އެހެނިހެން ވެބްސައިޓްތަކުގައި ހުންނަ ކޮންޓެންޓަށް "ދަ ޕްރެސް" އިން ޒިންމާއެއް ނުވާނެއެވެ. އިންސްޓަގްރާމް ލިންކު ބެލުމަށް ފިތާލާށެވެ.

އަނެއް ބަޔަކު ބުނެފައި ވަނީ އެއިން ދައްކައިދެނީ ދެމީހުންގެ ދެމެދުގައި އޮތް ހަގީގީ ލޯބި ކަމަށެވެ.

ކޮންމެ މީހަކީވެސް ސިއްހަތު ސަލާމަތުން ހުރެއްޖެ ނަމަ އުމުރުން ދުވަސް ވެ މުސްކުޅި އުމުރާ ކުރިމަތިލާނެ މީހެކެވެ. ތަބީއަތަކީ އެއީ ކަމަށް ވާއިރު، އުމުރުން ދުވަސް ވީ މީހުންނަށް، އެހީވެ އަޅާލުމަކީ ކޮންމެ މީހަކު މެ ކުރަން ޖެހޭ ކަމެކެވެ.

އެ ވީޑިއޯ ކްލިޕްގައި ހުރި އަސަރުން އެތައް ބަޔަކު ފެންކަޅި ކޮށްލި އިރު، އެތައް ބަޔަކު ވަނީ އެ ދެމަފިރިންގެ ގުޅުމަށް ތައުރީފުކޮށް ހެޔޮ ދުއާ ކޮށްފައެވެ.