ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލެޓްވިއާގެ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ، ދިރުވާލައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 127 ބްލެޓް (1353ގ) އޭނާގެ ހަށިގަނޑުން ނެގިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އަންނަނީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި ފަހުން ރާއްޖެ އަންނަ ބިދޭސީން މަސްތުވާތަކެތި ގެނައުމާއި އަދި ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ޑްރަގް އެތެރެކުރުމުގެ މައްސަލަތައް ވަނީ އިތުރު ވެފައެވެ.

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހާ ހައްޔަރުކޮށްފައި ވާއިރު ދާދި ފަހުން ގަތަރުގެ ދޯހާއިން ރާއްޖެއައި ބްރެޒިލްގެ 23 އަހަރުގެ އަންހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ހުރެގެން އެމީހާ ކުރީ ޑީޕޯޓެވެ. ކަސްޓަމްސް އިން ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވްވެ ފައިވާ ކަަމަށް ކަސްޓަމަސް އިން ބުނެފައި ވާއިރު އެ ތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުއްޓެވެ.

އެމީހާ ޑީޕޯޓުކޮށްފައި ވަނީ ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުން ޑީޕޯޓު ކޮށްލެވޭ ގަވައިދުގެ ދަށުންނެވެ. އެ ގަވައިދު ގެޒެޓް ކުރީ ނިމިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.