ރައީސް އޮފީހުގެ ސެކްރެޓެރީ ކޮމިއުނިކޭޝަންސްގެ މަޤާމަށް ސ. ހިތަދޫ، ނަންރީތިގެ، މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) އައްޔަން ކޮށްފިއެވެ.
މި މަގާމަށް އައްޔަންކުރުމުގެ ކުރިން ހިސާން މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީގެ މަގާމުގައެވެ.
މެލޭޝިޔާގެ ސަންވޭ ކޮލެޖްއިން 2016 ވަނަ އަހަރު ހިސާން ވަނީ ބެޗްލާސް އޮފް ބިޒްނަސް އިންޓަނޭޝަނަލް ޓްރޭޑް އެންޑް މާކެޓިން ހާސިލް ކުރައްވާފައެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކުގެ އިތުރުން ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވާ ވިލަރެސް ކުރައްވާނީ ހިސާންގެ ބެއްލެވުމުގެ ދަށުންނެވެ.
ހިސާން މީގެ ކުރިން މުވާސަލާތީ ކުންފުނި ދިރާގުގެ މާކެޓިން ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާފައި ވާއިރު، އޭނާ ރައީސް އޮފީހާ ގުޅިވަޑައިގަތީ 2019 ވަނަ އަހަރުއެވެ.