ރޭ ދަންވަރު މާލޭގައި މާރާމާރީއެއް ހިންގައި އެކަކު ޒަހަމްވެ، ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ހެންވޭރު އަސްރަފީ މަގުގައި މާރާމާރީއެއް ހިންގާފައި ވާކަމަށް ރޭ 3:00 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިމާރާމާރީގައި އަނިޔާވި މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ބުނީ އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ރޭ ދަންވަރު މާރާ މާރީ މި ހިނގީ، މާރާމާރީއެއް ހިންގާ ލޭ އޮހޮރުވުމެއް ނުހިނގާތާ ދުވަސްތަކެއް ވުމަށް ފަހުއެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދޭތެރެ ދޭތެރެއިން މާރާމާރީ ހިންގައެވެ. ގިނަ ފަހަރަށް މިފަދަ މާރާމާރީތައް ހިންގަނީ ގްރޫޕު މާރާމާރީތަކުގެ ގޮތުގައެވެ