ހުޅުމާލެ ފޭސް 2 ފަރުކޮޅުފުށި ހިއްކި ބިމުގައި މިރޭ މާރާމާރީއެއް ހިންގައިފިއެވެ.

މިކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ފަރުކޮޅުފުށި ހިއްކި ބިމުގައި މިރޭ 18:37 އެހާކަންހާއިރު މާރާމާރީއެއް ހިންގާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާކަމަށާއި، އެ ދެމީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި ދެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މާރާމާރީ ހިންގާފައިވަނީ 21 އަހަރުގެ ފިރިހެނަކާއި، 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.