ސްވީޓް ސަޕްރައިޒްގެ ނަމުގައި އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ހާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

އުރީދޫން ބުނީ، މި ޕްރޮމޯޝަން މެދުވެރިކޮށް ދޭން ބޭނުންވާ ހަދިޔާއެއް، ކައިރިއާއި ދުރުގައިތިބި އާއިލާއާއި ރައްޓެހިން އަދި އެންމެ ލޯބިވާ މީހުންނަށް ފަސޭހަކަމާއެކު ފޮނުވާލެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑް ތަކާއި، ކެކްޓަސްގެ މާ ބޮކޭ އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސްގެ އިތުރުން ސްޕޭސްގެ ހާއްސަ ބްރައުނީ ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.

ލޯބިވާ މީހުންނަށް މީރު ސަޕްރައިޒެއް ފޮނުވުމަށް:

  • މޫލީ ފިހާރައަށް ޒިޔާރަތް ކުރުން www.moolee.mv
  • ޝޮޕް ހިޔާރުކުރުމަށް ފަހު ސްވީޓް ސަޕްރައިޒް ނުވަތަ ބޭނުންވާ ކެޓްގަރީއެއް ހިޔާރުކުރުން
  • ބޭނުންވާ އައިޓަމް ހިޔާރުކުރުމަށް ފަހު އެޑް ޓު ކާޓް އަށް ފިއްތާލުން
  • ކާޓް އަށް ގޮސް ޗެކްއައުޓް ޗެކްކުރުން
  • ޑެލިވާ ކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖެހުން
  • އޯޑާ ކަށަވަރު ކުރުމަށް ޕޭމަންޓް ކޮންފާމް ކުރުން

އުރީދޫން ބުނީ، ސްވީޓް ސަޕްރައިޒް ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހު 15ގެ ނިޔަލަށް ކަމަށެވެ.

ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް މޫލީގެ ހިދުމަތްތައް ބޭނުންކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުޅިން ހިލޭ ޑެލިވާ ކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.