މާލެ ހުޅުމާލޭގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިޔަސް އަނިޔާތަކެއް ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހާދިސާގައި އެކްސިޑެންޓުވި ކާރަށާއި ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައިވެއެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިންނައި ބައެއް އާންމުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.

އެއަށްފަހު އޭނާ އެމްބިއުލާންސަކަށް އެރުވުމަށްޓަކައި އަށިގަނޑެއް ކައިރިއަށް ގެނެސް، އެ އަށިގަނޑަށް އަރުވަން މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ.

މި ހާދިސާ ހިނގި ވަގުތު ސައިކަލު ދުއްވަން އިން މީހާ އަށް ވަނީ ސީރިޔަސް އަނިޔާތަކެއް ވެފައެވެ.

މި ހާދިސާ ހިނގިކަމަށް އޮތީ ހަވީރު 3:45 ހާއިރު ކަމަށްވީ ނަމަވެސް، ހާދިސާ ހިނގި ސީދާ ވަގުތެއް ނޭނގެއެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނުން ފިޔަވައި އިތުރު އެއްޗެއް އަދި ނުބުނެއެވެ.