ޔަހޫދީން އަޅުކަމަށް އެއްވާ ފައްޅިއަކަށް މީހަކު ދިން ބަޑިގެ ހަމަލާއެއްގައި 7 މީހަކު މަރުވެއްޖެއެވެ. މިއީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އިޒްރޭލަށް ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއަށް ވާއިރު ހަމަލާ ދިން މީހާ މަރާލާފައި ވާ ކަމަށާއި ހަމަލާ ދިނީ ފަލަސްތީނުގެ ރައްޔިތެއް ކަމަށް އިޒްރޭލުގެ އޮފިޝަލުން ބުނެއެވެ.
ޔަހޫދީން ފާހަގަ ކުރާ ޖުވިޝް ސައްބަތު ހަރަކާތަށް މީހުން އެއްވެ ތިބި ވަގުތެއްގައި ހަމަލާ ދިން މީހާ ދުއްވި ކާރުވެސް އަތުލާފައި ވާ ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނެއެވެ.
މި ހަމަލާގެ ކާމިޔާބީ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާ އާއި ގައްޒާގައި ފާހަގަ ކޮށް، އާންމުންނަށް ފޮނިކާ އެއްޗެއްހި ބަހާފައި ވީ ނަމަވެސް ހަމަލާގެ ޒިންމާ ފަލަސްތީނަށް ނިސްބަތްވާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ.
ޖުވިޝް ސައްބަތަކީ ޖަރުމަނުގެ ނާޒީންނާއި ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމައިގައި މަރުވި ޔަހޫދީންގެ ހަނދާން އާކުރާ ދުވަސް ވެސް މެއެވެ. މި ދުވަސް ދުނިޔޭގެ އެތަން މިތާނގައި އުޅޭ 6 މިލިއަނެއްހާ ޔަހޫދީން ފާހަގަ ކުރެއެވެ. މިހަމަލާ އާ ގުޅިގެން ޔަހޫދީ ސަލާމަތީ ބާރުތަކުގެ ހަރަކާތްތައް ފުޅާކޮށް ގުޅުން ހުރި މީހުން ހޯދަން އަތްފުނާ އަޅަން ފަށާފައި ވާ އިރު، އެމެރިކާ އާއި އިންގިރޭސިވިލާތުން ވަނީ އެ ހަމަލާ ކުށްވެރިކޮށް ޔަހޫދީންނާ އެކު ތިބިކަން ހާމަ ކޮށްފައެވެ.
މިހަމާދިން ސަރަހައްދަށް ބޮޑުވަޒީރު ނަތަންޔާހޫއާއި ހަރުކަށި ދިފައީ ވަޒީރު އިތަމާރު ބެން ގަވީރު ގޮސް އާންމުންނާ މުހާތަބު ކޮށް ބުނެފައި ވަނީ ހެޔޮވަރުގެ ބަދަލެއް ހިފާނެ ކަމަށާއި އިޒްރޭލުގެ މަގުތައް އަމާން ކުރާނެ ކަމަށެވެ.