ހިޔާ ފްލެޓުގެ މީހުންނަށް ދިމާވާ އެންމެ ބޮޑު ތަކުލީފަކީ އާމްދަނީ މަދުވެ ތަކެތީގެ އަގު ބޮޑުވުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝިދު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގެ ހަރަކާތުގެ ތެރެއިން މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ބައްދަލުވުމުގައެވެ.
ޓެކްސްތައް ބޮޑުކުރުމުން ތަކެތީގެ އަގު 20 ޕަސެންޓަށް ބޮޑުވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުޑަ އާމްދަނީއެއް ލިބޭ ފަރާތްތަކަށް މަސް ނިމޭއިރު އޮންނާނީ ދެކޮޅު ނުޖެހިފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ސިޔާސަތަކީ ވިޔަފާރީގެ އުސޫލުން ދޫކުރާ ފްލެޓްތަކުގެ ކުލި ދެއްކުމަށް ސަރުކާރުން ހާއްސަ އިނާޔަތެއް ދިނުން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ފްލެޓް ކުލި ދައްކަން ދަތިވާ މީހުނަށް އިނާޔަތެއް ދިނުމަކީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު އެފަދަ ކަމެއް އަދި ފައްޓަވާފައެއް ނުވެއެވެ.
ރައީސް ނަޝީދު ހިޔާ ސަރަހައްދަށް ވަޑައިގަތުމުން އެ ސަރަހައްދުގައި ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ.