ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް އެ ޕާޓީއިން ނ އަތޮޅަށް ދިއުމަށް ނިންމައިފިއެވެ.
ރައީސް ޔާމީންގެ ކެމްޕެއިނަށް މި މަހުގެ 6 އިން 10 އަށް ނ އަތޮޅަށް ވަޑައިގަތުމަށް ނިންމާފައި މިވަނީ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިމަރީގެ ކެމްޕެއިންނަށް އެ މުއްދަތުގެ ތެރޭގައި ނ އަތޮޅަށް ވަޑައިގަތުމަށްވެސް ނިންމާފައި ވަނިކޮށެވެ.
އިދިކޮޅުން ކުރައްވަން ނިންމާފައިވާ ދަތުރުގެ ތަފްސީލު އަދި ހާމައެއް ނުކުރެއެވެ.
މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައި، 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާއިރު އިދިކޮޅުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުކުރަމުންނެވެ.
އިދިކޮޅުން ކުރަމުންގެންދާ އިހުތިޖާޖުތަކުގައި ކޮންމެ ރެޔަކުވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރާކަން ފާހަގަކުރެވެއެވެ.
ކެމްޕެއިންގެ ފޯރި ގަދަވެފައިވާއިރު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކެމްޕެއިން ވެސް ވަނީ ފަށާފައެވެ.
މީހަކު އެބަހުރިތަ ފެންނަން ތިވަރުކުރަނީ. ޔަޤީން ޔާމީނު އޮޅުވާލަން އުސްޠާޛު ކުރުވާ ކަމެއްތީ