މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލިވާނެ އެއްވެސް ހާލަތެއް ނެތް ކަމަށާއި ޕްރައިމަރީން ގަދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
"އަންނި 2023 - ފިކުރެއްގެ ދިރުން" ނަމުގައި އުތުރުގެ ތިން އަތޮޅުގެ ނުވަ ރަށަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅަށް ފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ނަޝީދު ވިދާޅުވީ، އިންތިހާބުން ބަލިވުން އެއީ އެމަނިކުފާނު ދެނެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އެހެން ނޫންނަމަ އިންތިހާބުތަކުގައި ވާދަ ނުކުރައްވާނެ ކަމަށާއި އިންތިހާބުން ދުވަހަކު ވެސް ބަލިވެފައި ނެތް ކަމަށެވެ. އަދި "މަޖީދިއްޔާގެ އެކުވެރީންގެ ގުޅުމަށް" އެމަނިކުފާނު ކުރިމަތިލެއްވީންސުރެ އިންތިހާބަކީ ކޯއްޗެއް ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ޕްރައިމަރީން އެމަނިކުފާނަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވުމުން ނޫސްވެރިން ވަނީ އިންތިހާބުން ބަލިވެއްޖެނަމަ ދެން ކަންކުރައްވާނީ ކިހިނެތްތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ސުވާލު އެއީ ސުވާލެއް ވެސް ނޫން ކަމަށާއި މި ފަހަރުގެ ޕްރައިމަރީން ރައީސް ސޯލިހަށް ކާމިޔާބު ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް އިންތިހާބު ކުރުމަށް ބާއްވާ ޕަރިމަރީގައި ވާދަކުރައް ވާ ދެ ކެންޑިޑޭޓުން ކަމަށް ވާ ރައީސް ނަޝީދު އަދި ރައީސް ސޯލިހް ގެންދަވަނީ ވަރަށް ވަރުގަދަ އަށް ކެމޕެއިން ކުރައްވަމުންނެވެ. އެގޮތުން ރައީސް ނަޝީދު ކުރައްވާ ކެމްޕެއިން ތަކުގައި މި ސަރުކާރަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއެވެ.
ކަންކަން ހައްލު ކުރެއްވުމަށް ރައީސް ސޯލިހް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށައި އެތައް މައްސަލައެއް ހުރި ނަމަވެސް، ރައީސް އެއްވެސް ވަރަކަށް "ރިއެކްޓް" ނުކުރެއްވުމުގެ އިތުރުން ވެށިފަހި މާލެ ޕްރޮގްރާމަށް ވެސް އެއްވެސް ރިއެކްޝަނެއް ނެތް ކަމަށް ވިދާޅުވެފައި ވެއެވެ. އެއް ދަންފަޅީގެ މަދަރުސާ އަކަށް ވެސް މި ސަރުކާރުގެ ރިއެކްޝަނެއް ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެހެންވީމާ ވެރިކަން ކުރަން ނޭގުނު ކަންތަކަށް މަތި ޖަހަން ބޭނުންކުރާ އުކުޅެއްތާ މިއީ. އެއް ޕާޓީއެއް އެއްވެރިކަމެއް. ރައްޔިތުން ހޭލާ.
ހަމަ ނުޖެހުން އުފައްދަން ރެޑީވަނީ...ޕްރައިމަރީން ބަލިވީމަ ބަލިގަބޫލު ނުކޮށް ކިޔާނީ އަލުން ޕްރައިމަރީބާއްވަން.