ރައީސްުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިއަދު 4:30 ގައި ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލުކުރެއްވުން އޮންނާނީ ރައީސް އޮފީހުގައި ކަމަށެވެ.

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ އިރު ގިނަ ނިންމުންތަކެއް އިއުލާން ކުރައްވަން ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ފެށުނު ފަހުން ކައިރި ކައިރީގައި ނޫސްވެރިންގެ ބައްދަލުވުންތައް ކުރިން ބޭއްވިއެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ރާއްޖެ ކުރިމަތިލާން ޖެހުމުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން އަންނަނީ މަރަށް މަދުންނެވެ.

އެ ގޮތުން އެންމެ ފަހުން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.