ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުން ބްރެޒިލް ކެޓުމާއެކު އެގައުމުގެ މަޝްހޫރު ކުޅުންތެރިޔާ ނޭމާ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ އައީ މިއަދުގެ ވަގުތެއްގައެވެ. އަދި އޭނާ ޗުއްޓީ ހޭދަ ކުރުމުން އަންނަނީ ކުރަމަތި އައިލެންޑް ރެސޯޓްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ނަމަވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯއެއް ވެސް ނޭމާގެ ސޯޝަލް މީޑިއާތަކުން އެކައުންޓްކުން ފެންނާކަށް ނެތެވެ.
ނޭމާ ރާއްޖެ އައި އިރު، ބްރެޒިލް ވޯލްޑް ކަޕުން ކެޓީ ކުއާޓާ ފައިނަލްގައި މި މަހުގެ 9 ގައި ކުޅުނު މެޗުން ބަލިވެއެވެ. ބްރެޒިލް ބަލިވެފައިވަނީ ޕެނެލްޓީ ޖަހައިގެން 4-2 ގެ ގޯލުންނެވެ.
މި މެޖުގައި ނޭވާ މޮޅު ކުޅުމެއް ދައްކާފައިވާއިރު އޭނާ ވަނީ ގޯލެއް ވެސް ޖަހާފައެވެ. ނޭމާ ލަނޑު ޖަހާފައިވަނީ މެޗުގެ 106 ވަނަ މިނެޓްގައެވެ.
މިއީ އޭނާ ބްރެޒިލް އަށް ޖަހާ ދިން 77 ވަނަ ލަނޑަށް ވީ އިރު ނޭމާ މިވަނީ ބްރެޒިލްއަށް އެންމެ ގިނަ ލަނޑު ޖަހާ ދިން ފިރިހެން ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައަށް އަރާފައެވެ. މިއާއެކު ނޭމާ މިވަނީ ޕެލޭގެ ގޯލް ރެކޯޑާ އެއްވަރުވެފައެވެ.
ނޭމާ ވަނީ ބްރެޒިލްއާއެކު ތިން ވޯލްޑް ކަޕެއް ކުޅެފައެވެ. 2014 ވަނަ އަހަރު ސެމީއަށް ބްރެޒިލް ގެންގޮސްދިން އިރު 2018 ގައި ވެސް ބްރެޒިލް ކެޓީ ކުއާޓާ ހިސާބުންނެވެ.