ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުން އުރުގުއާއީ އާއި ގާނާ ކަޓައިފިއެވެ.

ގްރޫޕް އެޗްގައި އޮތް މި ދެޓީމު ކެޓީ މިރޭ މިދެ ޓީމު ކުޅުނު މެޗުން 2-0 އިން އުރުގުއާއީ މޮޅުވި މެޗަށް ފަހުއެވެ. އެއީ ގްރޫޕްގައި ކުޅުނު އަނެއް މެޗުން ޕޯޗުގަލް އަތުން ސައުތް ކޮރެއާ 2-1 އިން މޮޅުވުމުންނެވެ.

ގާނާ އާއި އުރުގުއާއީ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާނެ ފުރުސަތު ލިބުނީ ގާނާއަށެވެ. އެހެން ނަމަވެސް ގާނާއަށް ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބެއް ނުކުރެވުނެވެ.

އެއަށް ފަހު ދެން ފެނުނީ އުރުގުއާއީއިން މެޗުގައި ދެލަނޑު ޖެހިތަނެވެ. އެޓީމުން މުޅި މުބާރާތުގައި ވެސް ޖެހި މިދެލަނޑު ކާމިޔާބުކޮށް ދިނީ ޖޯޖީނިއޯ ޑެ އެރަސްކެއީޓާއެވެ.

އުރުގުއާއީއިން މިމުބާރާތުގައި ޖެހީ އެންމެ ދެ ލަނޑު/ފޮޓޯ: ފީފާ

މެޗުގެ ދެވަނަ ހާފްގައި އުރުގުއާއީން އަށް ލީޑު ފުޅާ ކުރާނެ އިތުރު ފުރުސަތުތައް ލިބުނު އިރު އެޓީމުން ވަނީ މެޗުގެ ފަހުކޮޅު ޓީމުގެ މުހިންމު ކުޅުންތެރިން ބަލާ ބަދަލުކުޅުންތެރިން އަރުވާފައެވެ. އޭރު އަނެއް މެޗުގެ ސްކޯ 1-1 އެއްގައި އޮތް އިރު 2-0 އިން މޮޅުވެގެން އުރުގުއާއީ އޮތީ ދާ ގޮތަށެވެ. އެހެން ނަމަވެސް މެޗުގެ 91 ވަނަ މިނެޓްގައި ސައުތް ކޮރެއާއިން ލަނޑެއް ޖަހާ 2-1 އަށް ސްކޯ ހެދި އިރު އުރުގުއާއީ އަށް އިތުރު ލަނޑެއް ޖަހަން މަގްބޫރުވިއެވެ.

އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ 2-0 އިން އުރުގުއާއީ ކުރީގައި އޮވެގެން ނަމަވެސް މުބާރާތުން ކަޓައިގެންނެވެ.