އުރީދޫ ފަން ރަންގައި ރަޖިސްޓްރީ ވުމުގެ މުއްދަތު ހަމަވާން ބާކީ 2 ދުވަހަށް ވެއްޖެއެވެ.

އުރީދޫން ބުނީ، އަންނަ މަހުގެ 23 ގައި ބާއްވަން ހަމަޖެހިފައިވާ "އުރީދޫ ފަން ރަން" ބޭއްވުމުގެ މަގްސަދަކީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދީ، ދުވުމަކީ އުފާވެރިކަން ގެނެސްދޭނެ މަޖާ ކަމެއް ކަން އާންމުންނަށް އަންގައިދިނުން ކަމަށެވެ.

އުރީދޫ "ފަން ރަން"ގައި ބައިވެރިވުމަށް ހަދަންވީ ކިހިނެއް؟

  • ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެ
  • އަލަށް ދުވާ ފަރާތްތަކަށް، އަދި އާންމުކޮށް ދުވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައި
  • ފަން ރަންގައި ބައިވެރިވުމަށްޓަކައި މޫލީން ރަޖިސްޓްރީކޮށްލެވޭނެ

ރާއްޖޭގައި ބާއްވާ ދުވުމުގެ އެހެން އިވެންޓްތަކާ ހިލާފަށް، އުރީދޫ ފަން ރަންގައި ފަސް ކިލޯމީޓަރު ހަމަކުރުމަށް ވަކި ވަގުތެއް ނޯވެއެވެ. އެހެންކަމުން ހިނގާފަ، ދުވެފަ، ނުވަތަ ނަށަމުން ވެސް މި ދުވުން ނިންމޭނެ ކަމަށް އުރީދޫން ބުންޏެވެ.

މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، މަޖާ ހަރަކާތްތަކުގެ އިތުރުން، ކުލަ ޖެހުން ފަދަ ކަންކަން ކުރިއަށް ދާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

ފަން ރަންގެ ބައިވެރިންނަށް ދެ ކެޓަގަރީއަކުން ކިޓު ލިބެން ހުންނާނެ ކަމަށް އުރީދޫން ބުނެއެވެ. އެ ދެ ކެޓަގަރީ އަކީ:

  • އާދައިގެ ކިޓު: 100 ރުފިޔާގެ މި ކިޓުގައި ހިމެނެނީ ފަން ރަން ޓީޝާޓާއި އަތުކުރީ ބޭންޑެކެވެ.
  • ފަން ކިޓު: 200 ރުފިޔާގެ މި ކިޓުގައި ހިމެނެނީ އާދައިގެ ކިޓުގައި ހުންނަ ތަކެތީގެ އިތުރުން ފޮތި ދަބަހަކާއި އައިނެއްގެ އިތުރުން ބަންޑާނާއެކެވެ.

2017 ވަނަ އަހަރުން ފެށިގެން އުރީދޫން ބާއްވަމުން އައި "ކަލާ ރަން" "ފަން ރަން" އަށް ބަދަލުކޮށް، އަންނަ މަހުގެ 23 ގައި ބާއްވާނެ ކަން އިއުލާނުކުރީ މިދިޔަ އޮގަސްޓް މަހު ސޯޝަލް މީޑިއާ އަށް އުރީދޫން ދޫކޮށްލި ވީޑިއޯއަކުންނެވެ.