އުރީދޫގެ "ފުޓުބޯޅަ ފޯރި" ގެ ނަމުގައި ސްޓިކާ ޕެކެއް ނެރެފިއެވެ.

އުރީދޫން ބުނީ މި ފަހަރު ނެރުނު ސްޓިކާ ޕެކްގައި ހުންނާނީ ފުޓުބޯޅައާ ގުޅުން ހުރި "ގޮވެލި"ތައް ކަމަށެވެ.

ވައިބާ އަދި ޓެލެގްރާމް ބޭނުންކުރާ މީހުންނަށް މި ސްޓިކާޕެކް ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، މި ސްޓިކާ ޕެކްގައި "މެޗަށް ރެޑީތަ"، "ސަޅި ގޯލު"، "މިފަހަރު މޮޅުވާނެ"، "ދަނޑުން ފައިބާ" ފަދަ ލަފުޒުތައް ހިމަނައިގެން ސްޓިކާ ތައްޔާރުކޮށްފައި ހުންނާނެ ކަމަށް އުރީދޫން ބުނެއެވެ.

ވޯލްޑްކަޕާ ދިމާކޮށް އުރީދޫއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް މަޖާ އަދި ކުލަގަދަ ތަޖުރިބާއެއް ހޯދައިދިނުމުގެ މަގްސަދުގައި ތަފާތު އޮފާތަކާއި ޕްރޮމޯޝަންތަކެއް ވަނީ ފަށާފައެވެ.

އެގޮތުން ތައާރަފްކުރި ޕެކޭޖުތަކުގައި ހިމެނޭ ވޯލްޑް ކަޕް ޕެކްއިން އެންމެ 250 ރުފިޔާއަށް މީޑިއާނެޓް އެޕް މެދުވެރިކޮށް މެޗްތައް ބަލާލުމަށް 100 ޖީބީ ޑޭޓާ އާއި މީޑިއާނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނަށް 30 ދުވަހުގެ ސަބްސްކްރިޕްޝަން ލިބެއެވެ. އަދި އުރީދޫ މޮބައިލް އަދި ސުޕަނެޓް ކަސްޓަމަރުނަނަށް އެ ޕެކް އެކްޓިވޭޓްކޮށްލުމުން ލިބޭ ކޯޑް އެމް އެސް އެޕްގައި ޖެހުމުން މޮބައިލް އަދި ސުޕާނެޓް ވައިފައި މެދުވެރިކޮށް ފޯނު އަދި ޓެބްލެޓް ތަކުގައި މެޗްތައް ފަސޭހަކަމާއެކު ބެލޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ތައާރަފްކުރި "ގަތަރު ރޯމިންގް ޕެކް" އަކީ ވޯލްޑް ކަޕްގެ ދުވަސްވަރުގައި ގަތަރަށް ދާ މީހުންނަށް ހާއްސަ ޕެކްއެކެވެ. އެ ޕެކް އެކްޓިވޭޓް ކުރުމުން 1000 ރުފިޔާއަށް 1ޓީބީ ޑޭޓާ އުރީދޫ ގަތަރުގެ 4ޖީ އަދި 5ޖީ ނެޓްވޯކްގައި ބޭނުން ކޮށްލެވޭނެއެވެ.

މީގެ އިތުރުން މިއަދުން ފެށިގެން އުރީދޫ އެޕް ނުވަތަ *929# އަށް ޑައެލް ކޮށްލައިގެން ޕެކް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

އުރީދޫއިން އިއްޔެ ވަނީ ގޯލާ އެޕް މެދުވެރިކޮށް ސްކޯ ދިމާކޮށްގެން އަގުހުރި އިނާމްތަކެއް ދިނުމަށްވެސް ނިންމާފައެވެ. އެގޮތުން އުރީދޫ ފުޓްބޯލް ފޮރި ލީގުގައި ބައިވެރިވެ ވޯލްޑް ކަޕްގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ވަރަށް ހާއްސަ އިނާމް ތަކެއް ހޯދުމުގެ ފުރުސަތު ވެސް ވޯލްޑް ކަޕްގެ މެޗްތައް ފެށުމާއެކު ހުޅުވިގެން ދާނެ ކަމަށާއި ލީގުގައި މުޅިން ހިލޭ ބައިވެރިވެވޭއިރު ސްކޯ ގެސް ކުރާ ކޮންމެ ފަހަރަކު 1 ރުފިޔާ ޗާޖު ކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ލީގު ނިމުމުން އެންމެ މަތިން ޕޮއިންޓް ހޯދާ 7 ފަރަތާކަށް އިނާމު ތަކުގެ ތެރޭގައި ސީ ގިއާ އަދި ކްރޮސްރޯޑް އިން ވަރަށް ހާއްސް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.

އަގުހުރި އިނާމުތަކާއެކު ވޯލްޑް ކަޕްގެ ފޯރިއާ ގުޅުވައިގެން ރާއްޖޭގެ 4 ސިޓީ ހިމެނޭހެން އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓް އެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތުގައި ވާދަކޮށްގެން 1 ވަނަ އަށް ހޮވޭ ފަރާތަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.

މި އަންނަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަ ޖެހިފައިވާ އެ ޓޯނަމެންޓް ކުރިއަށްދާނީ މާލެ ސިޓީ ގައި ހުން ވީއާރް ކެފޭއާއި ކުޅުދުފުށި ސިޓީ ގައި ހުންނަ ބައި ކަޅު ކެފޭއާއި ފުވައްމުލައް ސިޓީ ގެ ފުވައްމުލައް ސްޓޭޑިއަމްއަދި އައްޑޫ ސިޓީ ގައި ހުންނަ އުރީދޫ ޝޮޕްގައެވެ.

އޮފަތަކާއި ޓޯނަމެންޓްތަކުގެ އިތުރުން މީޑިއާނެޓާއި ކައުންސިލްތަކާއި އެހެނިހެން ޕާޓްނަރުންނާއި ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އުރީދޫގެ ފޭން ޒޯންތަކެއް ތައްޔާރުކޮށްފައިވާއިރު އާއިލާ އާއި ރައްޓެހިންނާއެކު ނުވަތު ޓީމުތަކުގެ ސަޕޯޓަރުން އެއްވެލައިގެން މެޗްތައް ފޮރީގައި ބަލާލުމުގެ ފުރުސަތު އެ ފޭން ޒޯންތަކުން ކަސްޓަމަރުންނަށް ފަހި ވެގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.