ސައިބާ ސްޕޭސްގައި ހިންގާ ހުއްދަނޫން އަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމަށާއި އެ ކުށްތަކާ ގުޅޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށް 3 ގާނޫނަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އެތާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ބުނީ، ސައިބާ ކްރައިމްސް ކުށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާހު ކުރަން ހުށަހަޅާ ތިން ބިލަކީ، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ކުރުމަށް ހުށަހަޅާ ބިލަކާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި އަދި ޖިނާއީ އިޖުރާއަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކަަމަށެވެ.

އެގޮތުން ގާނޫނުލް އުގޫބަތަށް އިސްލާހު ކުރުމަށް ހުށަހަޅާ ބިލުގައި ވަނީ ކުށް ކަނޑައަޅާ ބައެއް ކަންކަމާއި އެ ކުށަތަކަށް އެކަށީގެންވާ އަދަބު ކަނޑައެޅުމަށް އިސްލާހު ހުށަހަަޅާފައެވެ.

ކުށްތަކެއް ގޮތުގައި ގާނޫނުގައި ކަނޑައަޅަން ނިންމާފައިވާ ކަންކަން:

  • ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަަކަށް އެކްސެސް ވުން
  • އިތުރު ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސް ވުން
  • ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓްކުރުން
  • ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އަށް އިންޓަފިއާ ކުރުން
  • ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އިންޓަފިއާ ކުރުން
  • ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުން ކުރުން
  • ކޮމޕިއުޓާ އާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް
  • ކޮޕީރައިތާ އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުން
  • ސައިބާ ވައިލަންގެ އަމަލުތައް (ކޮމްޕިއުޓާ މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާއިއު ކުރުމާއޮ، އެ ބޭނުމަށް ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުމާއި ކޮމްޕިއުޓަރުގައި ނުވަތަ ޑިވައިސްއެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުން)

އެޓާނީ ޖެނެރަލް އޮފީހުން ވަނީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ދެ އިސްލާހެއް ގެނައުމަށް ހުށަހަޅާފައެވެ. އެއީ އިލެކްޓްރޯނިކް ހެކި ހޯދުމާ ބެހޭ ގޮތުންނާއި ކޮމްޕިއުޓާގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވް ކުރުމާއި، ޕްރިޒާވްކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ހާމަ ކުރުމާ ގުޅޭ ގޮތުންނާއި، ރައްކާކޮށްފައިވާ އެފަދަ ޑޭޓާއަށް އެކްސެސްވުމާއި ގުޅޭ ގޮތުން އެހީތެރިކަން ބަދަލުކުރުމާ ގުޅޭ ގޮތުން އުސޫލުތައް ކަނޑައެޅުމެވެ. ހަމައެއާއެކު ސައިބާ ކްރައިމްއާ ގުޅުން ހުރި ކުށްތަކުގައި އިލެކްޓްރޯނިކް ހެކި ހޯދަން ޖެހޭ ފަދަ ކުށްތަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއާތްތަކަށް ބޭނުންވާ އެހީތެރިކަން ރާއްޖެއިން ބޭރުގެ ގައުމުތަކަށް ވަގުތުން ފޯރުކޮށް ދިނުމާއި އަދި ބޭރު ގައުމުތަކުން ރާއްޖެއަށް އެފަދަ އެހީތެރިކަން ހޯދުމައްޓަކައި 24/7 ނެޓްވީކެއް ގާއިް ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

މީގެ އިތުރުން ޖިނާއި އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް އެޓާނީ ޖެނެރަލުން ހުށަހަޅާ ބިލުގައި ވަނީ ގާނޫނު ތަންފީޒްކުރާ އިދާރާތަކަށް ލިބެންޖެހޭ ބާރުތައް ލިިބޭ، އަދި އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާ އުފުލުމުގައި އަމަލުކުރަން ޖެހޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށްޓަކައި ގެންނަ ޖެހޭ އިސްލާހުތައް ހިމަނާފައެވެ. އެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޒާތީ މުއާމަލާތް އިންޓަސެޕްޓްކުރުމުގައި މިހާރު އަމަލު ކުރާ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނައުން ހިމެނެއެވެ. ހަމައެއާއެކު ގާނޫނު ތަންފީޒް ކުރާ އިދާރާތަަކަށް ބާރު ދިނުމަށް އިސްލާހުތަކެއް ވެސް ވަނީ ހުށަހަޅާފައެވެ.

އެ އިސްލާހުތަކުގެ ތެރޭގައި ސާވިސް ޕްރޮވައިޑަރުން ސަބްސްކްރައިބާ އިންފޮމޭޝަން ޑޭޓާ ރިޓެއިން ކުރުމާ ގުޅޭ އިޖުރާއަތުތައް ކަނަޑައެޅުމާއި، ރައްކާކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާ ބަލައި ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތު ކަނޑައެޅުން ހިމެނެއެވެ.

މި އިސްލާހުތައް ގެނައުމަށް ސަރުކާރުން މި ބިލުތައް ހުށަހަޅާފައި ވަނީ މިހާރު ރާއްޖޭގައި ސައިބާ ސްޕޭސްގައި ކުރާ ކުށްތައް އިތުރުވަމުން ދާތީއާއި، އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ އަމަލު ހިންގަމުންދާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުލާ ކުރަމުންދާތޯއެވެ. އެ ގޮތުން އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިން ގްރޫމް ކުރުމާއި ބްރެއިން ވިޝް ކޮށްގެން ކުށުގެ ވެއްޓަށް ކުދިން ނެރުމާއި، ކުޑަކުދިންގެ އޮރިޔާން ކާދު ތައްޔާރު ކުރުމަށް ވީޑީއޯ ނަގައި އެ އެއްޗެހި ރައްކާކޮށްގެން ގެންގުޅުމާއި އަދި އިންޓަނެޓްގައި ބޭނުން ކުރަމުން ދާ ފަދަ މައްސަލަތައް ވެސް ރާއްޖެއިން އަންނަނީ ފެންނަމުންނެވެ.