ށ. މާއުނގޫދޫގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމާލާދީ ދެމީހަކު ޒަހަމް ކޮށްލައިފިއެވެ.

“ދަ ޕްރެސް”އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާއުނގޫދޫގައި ތޫނު އެއްޗަކުން ދެމީހަކަށް ހަމަލާ ދީފައިވާ ކަމަށް ރޭ 12:40 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި 25 އަހަރުގެ މިހާކަާއި 31 އަހަރުގެ މީހާއަށް މާއުނގޫދޫ ހެލްތު ސެންޓަރުގައި ފަރުވާ ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި 31 އަހަރުގެ މީހާއަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވުއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ

މި މާރާމާރީ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައި އެރަށު ތިން މީހެއްގެ މެދުގައެވެ.

މިއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިނގި މާރާމާރީއެއް ކަަމަށް މައުލޫމާތު ލިބިއެވެ.