ތަހުގީގުކުރުމުގައި އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި އޭސީސީއާ މެލޭޝިޔާގެ އެންޓިކޮރަޕްޝަން ކޮމިޝަނާ ދެމެދު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލެވެ. އަދި އެމްއޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަނުގެ ޗީފް ކޮމިޝަނާ ތާން ސްރީ ދާތޯ ސްރީ އަޒަމް ބިން ބަކީއެވެ.
އޭސީސީއިން ބުނީ އެ އެއްބަސްވުމަކީ ކޮރަޕްޝަންގެ ކުށްތައް ތަހުގީގު ކުރުމުގައި އެއްބާރުލުން ދިނުމާއި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި މުވައްޒަފުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރަށް ޕްރިވެންޝަންގެ މަސައްކަތްތަށް އިތުރުކޮށް އެކި ދާއިރާތަކުން މައުލޫމާތާއި ތަމްރީނާއި ތަޖުރިބާއާ އެހީތެރިކަން ބަދަލުކޮށް ފޯރުކޮށްދިނުމުގައި ރަސްމީ ސިފައެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.