500 އަށްވުރެ ގިނަ ބައިވެރިންނާއެކު އުރީދޫ ނޭޝަން އިން ކުރިއަށް ގެންދާ އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް 2 ފަށައިފިއެވެ.

އުރީދޫން ބުނީ ރޭ ފެށި ކޮންޓެންޑާ ސީރީޒް ދޭއްގައި 500އަށް ވުރެ ގިނަ ގޭމަރުން ވަނީ ބައިވެރިވެފައިވާ ކަމަށެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ ސިލްސިލާއެކެވެ. އެ ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތް ވަނީ ނިމިފައެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް 2 ގެ ޗެމްޕިއަން ޓީމުތަކަށް ކަނޑައެޅިފައިވާ އިނާމު:

  • 1 ވަނައަށް ޓީމަށް 10،000 ރުފިޔާ
  • 2 ވަނައަށް ހޮވޭ ޓީމަށް 3،000 ރުފިޔާ
  • 3 ވަނައަށް ހޮވޭ ޓީމަށް 2،000 ރުފިޔާ

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 1 ގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން 16 ޓީމެއް މި މަހުގެ 3 ވަަނަ ދުވަހު ފިނާލޭގައި ވަރުގަދަ ކުރިމަތިލުމަކަށްފަހު 3 ޓީމެއް ވަނީ މި އަހަރުގެ އަހަރު ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވެފައެވެ.