މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރަން ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އިން އެންވަޔަރަމެންޓް މިނިސްޓްރީއާއެކު 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިއީ ޔޫއެސްއޭއައިޑީގެ ފަރާތުން މިއަހަރު ސޮއިކުރި ހަތަރު ވަނަ ހިލޭ އެހީގެ އެއްބަސްވުމެވެ. އަދި މިއީ މިފަދަ މަސައްކަތްތައް ކުރުމަށް ދިވެހި ސަރުކާރާއެކު ސޮއިކުރި ފުރަތަމަ އެއްބަސްވުމެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެ ހިލޭ އެހީގެ ދަށުން ބ. ގޮއިދޫގެ ކުޅިއާއި ޗަސްބިމާއި ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ހިމެނޭގޮތަށް ގޮއިދު އަތޮޅުގެ ފަރުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެހީވެދޭނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި އެންވަރަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މިއަދަކީ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވަށާއި ގޮއިދު އަތޮޅަށް ވަރަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމަށާއި ޔޫއެސްއޭއައިޑީއާއެކު އިތުރު ޕްރޮޖެކްޓެއްގައި މަސައްކަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ދެފަރާތުގެ އެއްބާރުލުމާއި ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރަމަކީ ލިބޭ ފަހުރެއް ކަމަށެވެ.
ރާއްޖޭގެ އިގުތިސާދު ވަނީ މުރަކަ ފަރުތަކާ ގުޅިލާމެހިފައިކަމުން ސަރުކާރުން ދަނީ އެފަދަ މުހިއްމު ގުދުރަތީ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރި ކުރަމުން ކަމަށާއި ރީތި ކުޅިފަލާއި ޗަސްބިމާއި މޫދު ވިނައިގެ ބަގީޗާތަކުގައި ގުދުރަތީ ވެއްޓާގުޅޭ މުނިފޫހިފިލުވުމުގެ އިންތިޒާމްތައް ގާއިމުކުރެވޭނޭ ގޮތްތައް ވެސް ބަލަމުންދާ ކަމަށާއި ކުޅިފަލާ ޗަސްބިމުގެ ރީތިކަމަކީ އެކަމުގެ ސަބަބުން ދިވެހި އަދި ބޭރުގެ ފަތުރުވެރިން އެސަރަހައްދުތަކަށް ޝައުގުވެރިކުރުވާ ކަމެއް ކަމަށްވެސް ޝައުނާ ވަނީ ވިދާޅުވެފައެވެ.
ތާކުންތާކުޖެހޭ ކަމެއްގައި، ނޫނީ ބޭނުންހިފޭނެ ގޮތަކަށް އެމެރިކާއަކުންނެއް ދުވަހަކުވެސް އެހީއެއްނުވާނެ، ޝިރުކާގާތްނުކުރާ ކަމަކަށް އެމީހުންގެ ޝައުޤުވެރިކަމެއްވެސް ނުހުންނާނެ، ރީތިނަންނަމުގައި މުސްލިމުންލައްވައި އަމިއްލައަށް މަލާމާތް ރައްދުވާކަމެއް އޮތިއްޔާ ފަންނީ ލަފާގެދަށުން ކުރުވާނެ.