ޤުރްއާންގައި ވާ ހެޔޮ ވެރިކަމެއްގެ ސިފަތައް މި ވެރިކަމުގައި އެބަހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި މިހާރުކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ގައުމެއް ތަނަވަސް ވާނީ އެ ގައުމެއްގެ ހުރިހާ ރައްޔިތުން ތަނަވަސްވުމުން ކަމަށާއި ރާއްޖެ ތަރައްގީވާނީ ހުރިހާ ރަށްތައް އެއް ވަރަކަށް ތަރައްގީވެގެން ކަމަށެވެ.
ލާމަރުކަޒީ ނިޒާމެއް ފުރިހަމަ ގޮތެއްގައި ގާއިމް ކުރެވިގެން ނޫނީ އެކަން ނުވާނެ ކަމަށާއި އެ ނިޒާމު ފުރިހަމަ ކުރަން ދެން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުން ކަމަށް އިމްރާން ވިދާޅުވިއެވެ.
ހެޔޮ ވެރިކަމެއްގައި ހުންނަން ޖެހޭ އެންމެ މާތް، އެންމެ މަތިވެރި އަދި އެންމެ މޮޅު ސިފައަކީ ވެސް މަޝްވަރާކުރުން ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
އިމްރާން ވަނީ ހެޔޮ ވެރިކަމެއްގައި ހުންނަން ޖެހޭ ސިފަތައް ޤުރްއާނުގެ އާޔަތްތައް ބަޔާން ކުރައްވާފައި ވާކަން ފާހަގަކުރައްވާ މިއަދުގެ ވެރިކަމުން އެ ހުރިހާ ސިފަތައް ފެންނަން އެބަހުރި ކަމަށް ވިދާޅުވެފައެވެ.
ޢެއްކަމެއް ވެސް ބުނެބަލަ އިމްރާން