ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށަކަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން، މިއަދު މެންދުރުފަހު 14:30 އެހައިކަންހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ކޮލަމާފުށި، އުދަރެސް، އުމުރުން 45 އަހަރުގެ އަހުމަދު މިސްހާގު ކަމަށް ވެއެވެ.
އޭނާގެ ހާލު ދެރަވާން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.
