ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފްތާއާ ގުޅުވައިގެން، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ގަވާސްމީ މީސް މީޑިއާގެ ފްރަންޓްލައިން މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފިއެވެ،

މިއަހަރުގެ ކަސްޓަމާ ސާވިސް ހަފްތާ އުރީދޫއިން ފާހަގަކުރަމުންދަނީ "ގޯއިން ބިޔޯންޑް ސްޓާޓްސް ވިތް އަސް" މި ޝިއާރުގެ ދަށުންނެވެ.

މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންގެ އަޑުއަހައި، އެފަރާތްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުންގެ ތަޖުރިބާތަކާ ގާތްވެ، ފެންވަރު ރަނގަޅު ކަސްޓަމާ ކެއާއެއް ފޯރުކޮށްދިނުމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ސެޝަންގައި ޝާދީ ވަނީ ކުންފުނީގެ މީސް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުން ފޮނުވި ތަފާތު ސުވާލުތަކަށާއި، ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދެއްވައި، އުރީދޫގެ ކަސްޓަމާ ސާވިސް ޓީމުތަކުން ކޮންމެ ދުވަހަކު ކުރަމުންދާ މަސައްކަތްތައް އަމިއްލަފުޅަށް ތަޖުރިބާކުރައްވާފައެވެ.

އުރީދޫގެ އިސްވެރިން ފްރަންޓްލައިނަށް ނުކުމެ ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ މަސައްކަތުގައި

މިއީ ކަސްޓަމާ ސާވިސް ހަފްތާއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެއް ކަމަށް އުރީދޫއިން ބުންޏެވެ. މި ހަފްތާގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ އިސް ލީޑާޝިޕް ޓީމުގެ އެހެން ބޭފުޅުންވެސް ފްރަންޓްލައިން މުވައްޒަފުންގެ ދައުރު އަދާކުރައްވައި، ތަފާތު ޕްލެޓްފޯމްތަކުގައި ކަސްޓަމަރުންނާ މުއާމަލާތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތަށް ލީޑާޝިޕް ޓީމުން ކަސްޓަމަރުންގެ އަސާސީ ތަޖުރިބާތަކާ ގާތްވުމުގެ ބޭނުމަކީ ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ހިދުމަތްތައް އިތުރަށް ފުރިހަމަކުރެވޭނެ ދާއިރާތައް ދެނެގަތުން ކަމަށް އޫރީދޫއިން ވަނީ މައުލޫމާތު ދީފައެވެ.

އުރީދޫގެ ސީއީއޯ ފްރަންޓްލައިނަށް ނުކުމެ ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ މަސައްކަތުގައި

މީގެއިތުރުން، މި ހަފްތާއަކީ އުރީދޫ މޯލްޑިވްސްގެ ފްރަންޓްލައިން މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތާއި، އެ ޓީމުތަކުގެ ހިތްވަރާއި އޯގާތެރިކަމުގެ އަގުވަޒަންކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. އުރީދޫއިން ބުނިގޮތުގައި، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކީ މުޅި ކުންފުނީގެ އެންމެންގެވެސް ޒިންމާއެއް ކަމަށާއި، ކޮންމެ މުއާމަލާތަކީވެސް ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ލިބޭ ފުރުސަތެކެވެ.