އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންނެވުމުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ފާޑުވިދާޅުވެއްޖެއެވެ.
ނަޝީދު ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވީ ކޮންގްރެސް އަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ ރައްޔިތުން ކުރެ އަހަން ފެންނަ ކަމަށެވެ.
ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަކީ ރައްޔިތުންގެ ވޯޓަކުން ނިންމަން ޖެހޭ ކަމެއް ކަމަށް ނޫސްވެރިޔަކު ސުވާލުކުރާ ކޮންމެ ފަހަރަކު ރައީސް ސޯލިހު ވެސް ވިދާޅުވާ ކަަމަށާއި ރައްޔިތުންގެ ބަހެއް ހޯދުމަށް އެމްޑީޕީއަށް އޮތް ފުރުސަތަކީ އެ ގަރާރު ފާސްވުން ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފު އިތުރަށް ވިދާޅުވީ ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން އެމްޑީޕީ ފަސްޖެހިގެން ނުވާނެ ކަމަށެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރާ އިރު، އެކަމާ ގިނަ ބަޔަކު އަންނަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އަދާލާތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިޝާން ހުސައިނާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ވިދާޅުވެފައެވެ.
100 މިލިޔަން ރުފިޔާ މިވަގުތު ޚަރަދު ކުރުމަށްވުރެ ފައިދާ ބޮޑީ2050 ހާހިސާބު ފެންނަ ނުފެންނަ ވޯޓަކަށް ދިއުން....ލިވާޠު ނިޒާމަކަށް.......ދާކަށް ނުފެނޭ.