މިދިޔަ މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރާއި މުދާ ބޭރުކުރި މިންވަރު އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހު 5.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މި ދިޔަ ޖުލައި މަހު ރާއްޖެ އެތެރެކޮށްފައިވަނީ 4.3 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ ޖޫން މަހާ އަޅާ ބަލާއިރު ޖުލައި މަހު އެތެރެކުރި މުދާ މަދުވި ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާ މިދިޔަ ޖުލައި މަހު އެތެރެކުރި މުދާ ވަނީ 56 ޕަސެންޓް އިތުރުވެފައެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ ޖޫން މަހުގެ ތެރޭގައި 247 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި ނަމަވެސް މިދިޔަ ޖުލައި މަހު ރާއްޖެއިން ބޭރުކުރީ 78 މިލިއަން ރުފިޔާގެ މުދާ ކަމަށެވެ. ރާއްޖެއިން ބޭރުކުރި މުދާ ވަރަށް ބޮޑަށް ދަށްވެފައިވާއިރު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު ވެސް 52 ޕަސެންޓް ވަނީ ދަށަށް ގޮސްފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ފަސް ގައުމަކީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރެވެ. އެގޮތުން 797 މިލިއަން ރުފިޔާގެ މުދާ އޮމާންއިން އެތެރެކުރިއިރު އިންޑިއާއިން ވަނީ

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ގައުމުތަކުގެ ތެރޭގައި އޮމާނުން 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން އެތެރެކޮށްފައި ވަނީ 698 މިލިއަން ރުފިޔާގެ މުދަލެވެ. ޔޫއޭއީ ވަނީ 550 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން އެތެރެކުރީ 493 މިލިއަން ރުފިޔާގެ މުދަލެވެ. މީގެ އިތުރުން ސިންގަޕޫރުން ވަނީ 343 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައެވެ.