އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގެ ތުހުމަތުގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑު ކޮށްފިއެވެ.
އެކަން ކަށަވަރު ކޮށްދެއްވައި ކަސްޓަމްސްގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ، ފުލުހުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން، ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
އެ ދެ އޮފިސަރުން ސަސްޕެންޑު ކުރީ އެއްޖިންސުން ގުޅުން ހިންގުމުގެ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. ދެ އޮފިސަރުން ވެސް ސަސްޕެންޑު ކޮށްފައި މި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ގިނަ އެކި އޮފީސްތަކުން މުވައްޒަފުން ސަސްޕެންޑް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެއްޖިންސުން ގުޅުން ހިންގާ މައްސަލަތަކެއް މިފަހުން ފެންމަތިވެފައި ވާއިރު، އަލަމްގިރި އާ އެކު އެކި ފިރިހެނުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ދަނީ ދައުރުވަމުންނެވެ. އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ޓީޗަރުންތަކަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފެއް ވެސް ސަސްޕެންޑު ކޮށްފައި ވެއެވެ.
އެފަދަ މައްސަލަތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށް މިހާތަނަށް ބަންދުކޮށްފައި ވަނީ ހަތަރު މީހެކެވެ. އެ ހަތަރު މީހުންނަކީ:
- ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރު
- ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)
- ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއު
- ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް
މީގެ ތެރެއިން ނަސީރު ފިޔަވައި ބާކީ ތިން މީހުން ހައްޔަރުކޮށްފައި ވަނީ އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައެވެ. އަދި އަލަމްގިރި ހައްޔަރުކޮށްފައި ވަނީ ވީޑިއޯ ނަގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ނަސީރު ހައްޔަރުކުރި އިރު އޭނާ ގުޅުން ހިންގާތަން ފެންނަ ވީޑިއޯގައި ހިމެނޭ ދެވަނަ މީހާ ހައްޔަރެއް ނުކުރެއެވެ.
އަލަމްގިރިއަށް އެރި ހުރިހާ އޮޑިތަކެއް ދިނރުބާ އެއްގަމަށް އެހެލަން ސަރުކާރަށް ގޮވާލަން