މާލޭ ގެއަކަށް ވަދެ މާރާމާރީ ހިންގާ 3 މީހަކަށް ހަމަލާ ދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ މާފަންނުު ގެއެއްގެ ތެރެއަށް ގުރޫޕް ހަދައިގެން ބަޔަކު ވަދެ މާރާމާރީއެއް ހިންގާފައިވާ ކަމުގެ މައުލޫމާތު ރޭ 10:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި އަދި 36 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. އަދި މި ތިން މީހުންނަށް ވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީދައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މިމާރާމާރީ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ދޭތެރެ ދޭތެރެއިން ނުރައްކާތެރި މާރާމާރީތައް ހިންގައެވެ. އަދި ބައެއް ފަހަރު މީހުންނަށް އަނިޔާ ވެސް ވަނީ ލިބިފައެވެ.