ފިތުރު އީދު ދުވަހު ހެނދުނު މަޖިދީމަގާއި ޖަނަވަރީމަގު ގުޅޭ ސަރަހައްދުގައި ހިންގި މާރާމާރީ އާ ގުޅިގެން ހޯދަން އިއުލާނު ކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އެންމެ ފަހުން ފުލުހުން ހޯދަން އިއުލާން ކޮށްފައިވާނީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މައުސޫމް މުހައްމަދުދީދީ (27އ) އާއި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހްމަދު ރަބީއު (24އ) އާއި ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ) އަދި ސ. މަރަދޫ/ ކޮރަލް، އަހްމަދު ސާތިއު (21އ) އެވެ.

ފުލުހުން ބުނީ، މި މީހުންގެ ތެރެއިން ފުލުހުން ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައި ވަނީ އަހްމަދު ސާތިއު ކަމަށެވެ. އަދި މި މައސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެފައި ވެއެވެ.

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ޝާތިއުގެ އިތުރުން ކުރިން ހައްޔަރު ކުރި ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) އާއި ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ) ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.