މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އިންތިހާބު ފަށައިފިއެވެ.

މި އިންތިހާބުގައި ވާދަ ކުރައްވަނީ އިދިކޮޅު ކެންޑިޑޭޓުން ކަމަށްވާއިރު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވަނީ ފާތިމަތު ނާޒިމާއެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަ ކުރައްވަނީ އާމިނަތު ޝީޒާއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރެއްވި، އަދި އެ ކޮމިޓީގެ ނައިބު ރައީސްކަންވެސް ކުރެއްވި އާމިނަތު އީމާން މިދިޔަ މާޗު މަހު ހިނގި އެކްސިޑެންޓެއްގައި ނިޔާުވުމާ ގުޅިގެންނެވެ.

މިއަދު ހެނދުނު މި އިންތިހާބުގެ ވޯޓުލުން ފަށާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އިންތިހާބުގެ ވޯޓުލުން ހެނދުނު 8 އިން ހަވީރު 4 އަށް މުހްޔިއްދީން ސްކޫލްގައި ކުރިއަށް ދާނެއެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ޝަރުތު ފުރިހަމަވެފައި ވަނީ 2،900 މީހުންގެއެވެ.

މި އިންތިހާބުގެ އިތުރުން، ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުވެސް ފަށައިގެން ކުރިއަށް އެބަ ދެއެވެ.