ދައުލަތަށް ގެއްލުންވާ ގޮތަށް 1.5 މިލިއަން ރުފިޔާގެ މުއާމަލާތެއް 2012ގައި ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަނުގެ މަގާމުގައި ހުންނެވި މުހައްމަދު އިމްތިޔާޒް، ހިންގެވި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފިއެވެ.
އިމްތިޔާޒު އެމާގަމުގައި އޭރު ހުންނެވިއިރު އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އިންވެސްޓްމަންޓެއް ކަމަށްވާ 'އަނޫ ފްރެޝް ފާމް'އަށް ފެލިވަރުން ކްރެޑިޓަށް 1.5 މިލިއަން ރުފިޔާގެ އަގުހުރި 2،000 ކޭސް ދަޅުމަސް ދޫކުރި މައްސަލަގައި ދައުލަތުން ވަނީ ވަނީ އޭނާއަށް ދައުވާކޮށްފައެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް އުފާލާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ.
އޭނާގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ނުލިބިވާ 1.2 މިލިއަން ރުފިޔާ އޭނާގެ އަތުން ހޯދުމަށް ދައުލަތުން ވަނީ އެދިފައެވެ.
އެ މައްސަލައިގައި ކުރި ހުކުމްގައި ބުނީ އަނޫ ފްރެޝްއަށް ކްރެޑިޓަށް މުދާ ދޫކުރިކަން އެނގެން އޮތް ނަމަވެސް އެ ކަމުގައި އެ މުއާމަލާތުގައި ދައުވާ ލިބޭ އިމްތިޔާޒްއާ އެއްވެސް މުއާމަލާތެއް ކުރެވުނު ކަމެއް ޝައްކު ފިލާދާ ވަރަށް ސާފުވާން ނެތް ކަމަށެވެ.
އެހެންކަމުން، ދައުލަތުން އިމްތިޔާޒްގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ވަނީ ހުކުމްކޮށްފައެވެ.