ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 1.3 މިލިއަން ރުފިޔާގެ ބަނގުރާ މިއަދު ނައްތާލައިފިއެވެ.
އެކި މައްސަލަތަކާ ގުޅިގެންނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އެކި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނދުރާ މިއަދު ނައްތާލައިފާ ވަނީ ދޫނިިދޫގައެވެ.
ފުލުހުން ބުނީ ނައްތާލި ތަކެތީގެ ތެރޭގައި 82 މައްސަލައެއް ހިމެނޭ 717 ބަނގުރާ ފުޅިއާއި 67 ބިޔަރު ދަޅާއި 9 ޕެޓް ފުޅިއާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 46 އައިޓަމް ހުރި ކަމަށެވެ.
ފުލުހުން ބުނީ މިއަދު ނައްތާލި ތަކެއްޗަކީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާ ނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށެވެ.
ބަނގުރާ ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ދަށުން، އެކަމަށް އެކުލަަވައިލި ޓީމަކުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންާ ކަސްޓަމުން ތަކެތީގެ އަގުކުރަނީ ކިހިނެއް؟ މިމީހުންތޯ ވިއްކަނީވެސް؟ ބަލަ ވިސްކީ 1 ލީޓަރު ފުޅިއެއް ލިބެނީ 2ޑޮލަރަށް ބޮންޑުން ގަންނަން. އަދި ބިއަރު 24 ދަޅު ލިބޭ 10 ޑޮލަރަށް ކޭސް. ދެން ކީއްވެތޯ މިލިއަނަށް އަގު އަރަންވީ؟ ތެދެއް މެ މާރުކޭޓުގައި އެންމެ ރާގޮނޑިއެއް 40 ރުފިޔާއަށްވެސް ވިއްކި މަސްވެރިންނަށް ކަނޑުގަދަވެ ވައިގަދަވެމަހަށް ނުފުރިގެން.އެކަމަކު ރާއްޖެއަށް ރާ އެތެރެކުރަނީ ބޭންކް އޮފް މޯލްޑިވްސް އިން. އޭގެފަހުގަ ބޭންކުން ދޫކުރާ ޑޮކިއުމެންޓް އެރިސޯޓަކުން ކަސްޓަމަށް ހިފައިގެން ދިޔާމަ ކަސްޓަމުން ރާ ދޫކުރާނީ.