ސިނަމާލެ ބްރިޖް ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ ސިނަމާލެ ބްރިޖް ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 16:55 އެހާކަންހާއިރުކަމަށެވެ.

މި އެކްސިޑެންޓުގައި ލިބިފައިވާ އަނިޔާތަކާއި ގެއްލުންތަކުގެ މައުލޫމާތު ފަހުން ހިއްސާކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.

ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާވަރު މިވަނީ ދުވަހެއް ދުވަހަކަށް އިތުރުވެފައެވެ. މިފަދަ އެކްސިޑެންޓުތަކުގައި އެތައް ބައެއްގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.