އދ. ދިގުރަށުގައި 300 މީހުން ޖާގަ އަދި ހދ. ހަނިމާދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީން ބުނީ ދިގުރަށު އަދި ހަނިމާދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އަލާފް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީން ސޮއިކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ދިގުރަށު އަދި ހަނިމާދޫގައި އިމާރަތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތް 365 ދުވަސްތެރޭގައި ނިންމާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ދައުލަތުން 7.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ދިގުރަށު މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ދައުލަތުން 11.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ހަނިމާދޫ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މި މިސްކިތްތަކުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފާ ހުންނާނެ ކަމަށެވެ.

މިދިޔަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށް ވެސް ހަމަޖެގިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.