ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ 2 ދައުވާގެ ތެރެއިން ވ. އާރަށުގެ ޝަރީއަތް މާދަމާއަށް ތާވަލު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި އެ ޝަރީއަތް މާދަމާ އަށް ތާވަލު ކޮށްފައި ވަނީ ހެނދުނު 9:30 އަށެވެ. މާދަމާ ޝަރީއަތް ބާއްވަން ތާވަލު ކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް ވ. އާރަށުގެ މައްސަލައިގައި އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.
އާރަށުގެ މައްސަލައިގައި އުފުލާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.
މާދަމާ ކްރިމިނަލް ކޯޓުގައި އާރަށު މައްސަލައިގެ ޝަރީއަތް އޮންނާނެ ކަމަށް އެންމެ ފަހުން ބޭއްވި ޝާރީއަތުގައި ގާޒީ ވަނީ ވިދާޅުވެފައެވެ. މާދަމާ ޝަރީއަތް އޮންނަ އިރު، އެމަނިކުފާނު ވަނީ ހުސްވެފައިވާ ކޮމަންދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާގެ ތިން ރަށަކަށް ވަޑައިގަތުމަށް ނިންމަވާފައެވެ. މި ދަތުރުގައި ފުނަދޫ ގައި ހިންގާ އިންޑިއާ އައުޓް ހަރަކާތުގައި ވެސް ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިދިކޮޅުން ބުނެއެވެ.
ޔާމީންގެ އިތުރު މައްސަލައެއްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.
ކުދިންނޭ ކުދިންނޭ ހަދާން އެބަހުރިތޭ ރާއްޖޭގައި ޑީޕް ބްލޫ ސީ ބްރިޖް އަޅަން ހަމަ އެކަނި އެނގުނީ އެއީ ހަމަ އެކަނި ރައީސް ޔާމީނަށޭ އަދި 25 ބުރިއަށް އިމާެރާތް ރާއްޖޭގެ އެތަން މިތާނގައި ކުރަން އެނގުނީ އެއީ ހަމަ އެކަނި ރައީސް ޔާމީނަށޭ އަދި އެއާރބަސް އޭ 380 ފްލައިޓް އައިސް ވެލާނާ އެއާރޕޯރޓްގެ ރަންވޭ ގައި ޖައްސާލާ ފެންވަރުގެ ރަންވޭ އެއް ހަދަން އެނގުނީ ހަމަ އެކަނި ރައީސް ޔާމީނަށޭ މިހާރު މިއޮތް ކައްޕަޅި ވެރިކަމަށް ކުރެވުނު ކަމެއް އެބައޮތްތޭ އެބައޮތްތޭ ޔޭއް ޔޭއް ޔޭއް ޔޭއް...
ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީއޭ ނޯ ވޮރީސް ކޫލް ކުދިންނޭ