ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޖާބިރު ގެންގޮސްފައި ވަނީ ސިވިލް ކޯޓުގެ އަމުރަކަށްކަން "ދަ ޕްރެސް" އަށް ވަނީ ކަށަވަރުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ޖާބިރު ގެންގޮސްފައި ވަނީ ގދ. އަތޮޅު ރަށެއްގައި ހުންނަވަނިކޮށެވެ. މީހުން ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރެނީ ކޯޓުން އަންގައިގެން ހާޒިރު ނުވުމުންނެވެ. ނުވަތަ ޗިޓް ހަވާލު ނުކުރެވުމުންނެވެ.

އެހެންނަމަވެސް މިފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ޖާބިރު ގެންދިޔަ ސަބަބެއް އަދި ސާފެއް ނުވެއެވެ.

ދާދިފަހުން ޖާބިރުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެެވެ. އަދި ޖާބިރު ވަނީ ރައްޔިތުން މަޖިލީސްގެ ދޮރުމަތީގައި އިހުތިޖާޖެއްވެސް ކޮށްފައެވެ. އޭގެ ފަހުން ކޯޓު އަމުރަކަށް ޖާބިރުގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ.

އއ. މަތިވެރީގައި އަށް ދާދިފަހުން ޖާބިރު ވަޑައިގެން ދުވަހު ޖާބިރުގެ ކާސާ މިއާ ގެސްޓްހައުސްގައި ވަނީ ހަމަނުޖެހުނަތަކެއް ހިންގަވައިގެން އެ މައްސަލަ ހޫނުވެފައެވެ.