އެމްއޭސީއެލްގެ ބޯޑަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް މިއަދު އައްޔަން ކޮށްފިއެވެ.

މިއަދާ ހަމައަށް ސިޔާދު ހުންނެވީ ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

ސިޔާދު އެމްއޭސީއެލްގެ ބޯޑަށް އައްޔަނު ކުރުމާ އެކު މިހާރު އެ ބޯޑުގައި ހަ މެންބަރުން ތިއްބަވާނެއެވެ. ސިޔާދުގެ އިތުރުން އެ ބޯޑުގައި ތިއްބަވާ ބޭފުޅުންނަކީ

  • މުހައްމަދު އުމަރު މަނިކު - ޗެއާމަން
  • ޑރ. އިބްރާހީމް މަހްފޫޒު
  • އިބްރާހީމް ނޫރައްދީން
  • އައިޝަތު އަރުޝާ
  • އަހުމަދު އައިމަން މޫސާ

އެމްއޭސީއެލްގެ ބޯޑުގައި މިހާރު ހުސްވެފައި އޮތް ހަމައެކަނި މަގާމަކީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމެވެ. އެ މަގާމުގައި މީގެ ކުރިން ހުންނެވީ އިނގިރޭސިވިލާތުގެ ގޯޑެން ސްޓުއާޓެވެ. ނަމަވެސް އޭނާ މިދިޔަ މަހު އެ މަގާމުން ވަނީ ވަކިކޮށްފައެވެ.