ކުޅިވަރުގެ އެކި ސާމާނު ވިއްކާ އޮބިއޯން އަށް ގޮސް ކަމުދާ ޕްރޮޑަކްޓެއްގެ ފޮޓޯ އިންސްޓަގްރާމަށް ލައިގެން، ވައުޗަރެއް ހޯދުމުގެ ފުރުސަތެއް އުރީދޫން ހުޅުވާލައިފިއެވެ.

އުރީދޫން ހުޅުވާލި ފުރުސަތުގައި އޮބިއޯން އަށް ގޮސް އެމީހަކަށް ކަމުދާ ޕްރޮޑަކްޓެއްގެ ފޮޓޯއެއް ނެގުމަށްފަހު، އޮބިއޯން ފިހާރަ ޓެގްކޮށް، އަދި "އުރީދޫ ވީކެންޑް" ހޭޝްޓެގް ބޭނުންކޮށްގެން އިންސްޓަގްރާމް އަށް ލުމުން، 1،500ރ. ގެ ވައުޗަރެއް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

އެގޮތުން، އިންސްޓަގްރާމަށް ލާ މި ފޮޓޯއަކީ ޕަބްލިކް ފޮޓޯއަކަށް ވާން ޖެހޭނެއެވެ.

މި ވައުޗަރު ހޯދުމުގެ ފުރުސަތު އުރީދޫން ވަނީ އަންނަ އާދީއްތަ ދުވަހުގެރޭ 11:59 ގެ ނިޔަލަށް ހުޅުވާލައިފައެވެ.