ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ކުރީގެ ބަންޑާރަ ނައިބު ދިނާޔާ ސައީދުގެ ކައިވެނި ރުޖޫއަކުރައްވައިފިއެވެ.

ދިޔާނާއާއި ޖާބިރުގެ ކައިވެނި ރޫޅާލެއްވި ކަން ޓްވިޓާގައި ދިޔާނާ ހާމަކުރެއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ ކައިވެނި ރުޖޫއަ ކުރެއްވީ ދިޔާނާ އަދި ޖާބިރު ވެސް އެކަމަށް ބޭނުން ވެވަޑައިގެން ކަމަށެވެ. އަދި އެއްވެސް އިރަކު ދިޔާނާއާ ވަކިނުވާ ކަމަށާއި ނަމަވެސް ކުޑަ "ބްރޭކެއް" ނެންގެވި ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކައިވެނި ރުޖޫއަ ކުރުމުގެ މުނާސަބަތުގައި ބޮޑު ހަފްލާއެއް ވ. އަތޮޅުގައި އޮންނަ ޖާބިރުގެ ހެޕީ ކްލަބްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޑީއާރުޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ދިޔާނާ ކައިވެނިކުރައްވާފައި ވަނީ ނޮވެންބަރު 25، 2005 ވަނަ ދުވަހުގައެވެ.

ޖާބިރު ވަނީ މީގެ ކުރިން އެތަށްފަހަރަކު ދިޔާނާ ނެތް ދުނިޔެއެއްގައި ނޫޅުއްވާނެ ކަމަށް ވިދާޅުވެ ދިޔާނާއަށް އެތަށް ތައުރީފެއް ކުރައްވާފައެވެ.