ބްރައިޓްވޭ ޕްރީސްކޫލުގެ ދަރިވަރުން އެޗްޑީސީގެ ގަސްއިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެއެވެ.

އެޗްޑީސީއިން ބުނީ ބްރައިޓްވޭ ޕްރީސްކޫލުގެ ދަރިވަރުން މި ހަރަކާތުގައި ބައިވެރިވެފައި ވަނީ އިއްޔެ ކަމަށެވެ.

އެޗްޑީސީ އިން އިތުރަށް ބުނީ "މަގޭ ވެށި މަގޭ ހިއްސާ" ޕްރޮގްރާމްގެ މަގުސަދަކީ މުޖުތަމައުއާ މެދު ދެކޭގޮތް ބަދަލުކުރުން ކަމަށެވެ. އަދި މި ހަރަކާތުގެ އެހީގައި ތިމާވެއްޓާއި މެދު މީހުން އަހުލުވެރިކުރުން ހިމެނޭ ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީ އިން ވަނީ އިއްޔެގެ ހަރަކާތުގައި މޯލްޑިވްސް ޕޮލިސް ސާވިސުން ލިބުނު އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

އެޗްޑީސީ އިން އިސްނަގައިގެން ދަނީ މިފަދަ އެތައް ހަރަކާތެއް ހިނގަމުނެވެ. މިގިތޮން އެޗްޑީސީ އިން ވަނީ "ސާފު ހުޅުމާލޭ" ގެ ނަމުގައި އެ ނަމުގައި ކެމްޕޭނެއް ވެސް ކުރިޔަށް ގެންގޮސްފައެވެ.