ކޮވިޑް-19އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދާދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން އަނެއްކާވެސް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.
އުރީދޫން ބުނީ ޖޫން 2، 2021 އިން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބޭ ހާއްސަ އޮފާތަކާއިއެކު، ގޭގައި ތިބެގެން އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އެހެނިހެން ޑިޖިޓަލް ހިދުމަތްތައްވެސް ބޭނުންކުރުމުގައި ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އުރީދޫން އެ ހާއްސަ އޮފާތައް އަލުން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތެއް ލިބުމަކީ މުހިންމު ކަމެއް ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
ޖޫން 2، 2021 އިން ފެށިގެން ލިބޭނެ ހާއްސަ އޮފާތައް:
- ސުޕާނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ
- ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސަންޓް ހަމައަށް އިތުރު ޑޭޓާ
- ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަގާ ފަރާތްތަކަށް 200 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ ލިބުން. މި އެޑް-އޮންތައް މިހާރު 'ވަރަށް ތަފާތު'، 'އެކު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް' ގެންގުޅޭ ފަރާތްތަކަށް ވެސް ލިބޭނެ
- ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަގާ ފަރާތްތަކަށް 50 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ
- ސޯޝަލް މީޑިއާއަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންއަށް ހާއްސަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް 100 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ
- ޖޫން 2، 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބާ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން
- ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު 'އެކު ޕޯސްޓްޕެއިޑް'، 'ތަފާތު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް'އަކަށް ވެސް އަޕްގްރޭޑް ކޮށްލެވޭނެ
- އާޗާ 1ޖީބީ/ޑޭ ޕްލޭންސްއަށް 2 ގުނަ ޑޭޓާ، މިގޮތުން ދުވާލަކު 2ޖީބި ލިބިގެންދާނެ
- މަގޭ ޕްލޭން އެކްސްކްލޫސިވް އޮފާ އާއިއެކު އުރީދޫ އެޕް މެދުވެރިކޮށް 100 ޕަސަންޓް އަށްވުރެ ގިނަ ޑޭޓާ
- ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުން ކުރެވުން
އުރީދޫން ބުނީ ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި ކުރިމަތިލުމަށް ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ޕެންޑެމިކާއި ބެހޭ މައުލޫމާތް ފަތުރާ، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުންދަގޫ ހާލަތްތަކުން އަރައިގަތުމަށްޓަކާ، ދިވެހި ސަރުކާރާ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ކަމާއިގުޅޭ އެކި ފަރާތްތަކާއި ގުޅިގެން އުރީދޫ އިން މަސައްކަތްކުރަމުން ދާ ކަމަށް އުރީދޫން ބުނެއެވެ.