އުރީދޫ މޯލްޑިވްސްގެ ހިދުމަތްތައް ޑިޖިޓަލްކޮށް ހޯދުމަށް އެ ކުންފުނިން އެދިއްޖެއެވެ.

އުރީދޫން ބުނީ ކޮވިޑް-19 ހުއްޓުވުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާ، ކަސްޓަމަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަން މިވަގުތު ގާއިމުކުރުމަށް އުރީދޫ ކަސްޓަމާ ކެއާ ހިދުމަތް ދޭ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކޮށް ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ހިދުމަތްތައް ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.

އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް އުރީދޫ ހިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު އޮންލައިންކޮށް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ އެޕް މެދުވެރިކޮށް ފޯރުކޮށްދެވޭ ހިދުމަތްތައް:

  • ޕްރިޕެއިޑް ރިޗާޖްކުރުން
  • އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުން
  • އޮންލައިންކޮށް ޝޮޕްކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ޑެލިވެރީގެ ހިދުމަތް މުޅިން ހިލޭ
  • އެމް-ފައިސާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުން
  • 24 ކަސްޓަމާ ސާވިސްގެ ހިދުމަތް ލިބުން
  • ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ޕްލޭން އަޕްގްރޭޑް ކުރުން

އުރީދޫ އެޕްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އުރީދޫ ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށްވެސް ހިދުމަތްތައް ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ. އޭގެ ތެރެއިން:

  • ބިލްތައް ދެއްކުން
  • ރީޗާޖް ކުރުން
  • އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުން ހިމެނެއެވެ.

އުރީދޫން ބުނީ އުރީދޫ ޑިޖިޓަލް ސެންޓަރުތައް ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި މިހާރު ގާއިމް ކޮށްފައިވާ ކަމަށެވެ. އެގޮތުން މާލޭގައި އުރީދޫ ޑިޖިޓަލް ސެންޓަރަކާއި ހުޅުމާލޭ، ޏ.ފުވައްމުލަކު، ހދ. ކުޅުދުއްފުށީ، ލ. ގަން، ސ. ހިތަދޫ އަދި ގދ. ތިނަދޫގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުންނާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ލިބެންނެތް ހިދުމަތަކަށް އެދުމަށް މެއިލް ކުރުމަށް އުރީދޫން ވަނީ އެދިފައެވެ.