ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްފިއެވެ. އެމަނިކުފާނު ގެއަށް ބަދަލުކޮށްފައި ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުގައި 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފައި ވަނީ ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އާއި ގިނަ އަދަދެއްގެ ޖަލު އޮފިސަރުން ޕޮޒިޓިވް ވަމުން ދާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ. އެގޮތުން ރައީސް ޔާމީން ވަގުތީގޮތުން ގެއަށް ބަދަލުކުރީ ކަމުގައި މޯލްޑިވްސް ކަރެކްޗަނަލް ސާރވިސްއިން ބުނެއެވެ.

ރައީސް ޔާމީން ގެކޮޅުގެ ކުޑަރޮރަކުން ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައި މިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް ގޮވާލާ މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދިހަމައެހެންމެ ސިއްހީ ހާލުކޮޅު ހުރިގޮތުން ގެއަށް ބަދަލުކޮށްދިނުމަށް އެދި އެމަނިކުފާނުގެ އާއިލާއިންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރެވިފަ.

އެމަނިކުފާނު ގެއަށް ބަދަލުކުރަން ނުވަތަ ލުއިގޮތްތަކެއް ހޯދައިދިނުމަށް މަޝްވަރާ ކުރަމުންދާކަމަށް ދާދިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.