މަސްފަތަފޮޅި ނުވަތަ މަސްރޮއްޓަކީ ދިވެހިން ވަރަށް ފަރިތަ އެއްޗެކެވެ. ތަފާތު ގިނަ މުނާސަބަތުތަކުގައި ހުންނަ މީރު އަދި ހަދާލަން ފަސޭހަ ކާ އެއްޗެކެވެ.

ހޫނު މަސްފަތަފޮޅި ކާން ގިނަ ބަޔަކު ގްރޫޕު ހަދާފައި މާލެއިން ހުޅުމާލެއަށް، ހުޅުމާލެއިން މާލެއަށްވެސް އާދެވެ. ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މަސްފަތަފޮޅި ހަދާ ގޮތާއި މަސްފަތަފޮޅި ކިޔާ އެތި ތަފާތެވެ. ބައެއް މީހުން މަސްފަތަފޮޅި ކިޔަނީ ފުއް ނުލައި ހަމަ އެކަނި މަސްގަނޑުން މަސްރޮށީގެ ބައްޓަމަށް ހަދާ ކާއެއްޗަކަށެވެ. ނަމަވެސް ރާއްޖޭގެ އުތުރުގެ ގިނަ މީހުން މަސްފަތަފޮޅި ކިޔަނީ ފުއްގަނޑަށް ލައިގެން މަސްރޮށި ގޮތަށް ފިހެފައި އޮންނަ އެއްޗަކަށެވެ.

މިއަދުގެ "ޕްރެސް ބަދިގެ" އަށް މި ވަންނަނީ ދިވެހި މަސްފަތަފޮޅި ހަދާށެވެ.

ބޭނުންވާ ތަކެތި:

2 ގަނޑު ވަޅޯމަސް (މަސް ދަޅުގައިވެސް ހެދޭނެ)

3 ގިތެޔޮ މިރުސް

3-4 ހިކަނދި ފަތް

2 ކާށީގެ ހުނި

3-4 ފިޔާ

4-5 ލުނބޯ

ފުއްކޮޅެއް

ފެން

ރީނދޫ ކޮޅެއް (ކުލަ ހިއްޕަން)

ލޮނު ކޮޅެއް

ކުޑަ އިނގުރު ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ކާށި ގާނާފައި ދެބައިކުޅަ އެއްބައި ހުންޏާއެކު މޮޑޭށެވެ. ބާކީ ހުރި ހުންޏާއި ހިކަނދިފަތް، ފިޔާ، މިރުސް، ލުނބޯ އަދި ރީނދޫ އެއްކޮށް މޮޑެލާށެވެ. އެގޮތަށް މޮޑޭއިރު ހުތް ރަހައާއި ލޮނު ހެޔޮވަރުކުރަން އެތަކެތި އަޅަ އެއްކުރަން ވާނެއެވެ.

އެއަށް ފަހު މަސްފަތަފޮޅި ހުންނަން ބޭނުންވާ ވަރަށް ގުޅަ ހަދާފައި، ޓްރޭ ނުވަތަ ތަވާ ގައި ފިހަން ވީއެވެ. ފުއްގަނޑު މޮޑެ، ގުޅަ ހަދާ ފުއްގަނޑުގެ ތެރެއަށް ކުރިން ހެދި މަސް ގުޅަތައް ފަތުރާ މަސްފަތަފޮޅި / މަސްރޮށި ފިހަން ވީއެވެ.

މީރު ވާނެއެވެ. ހަދާލަން ފަސޭހަ ވާނެއެވެ. ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ކާ ސުފުރާއަށް ވެސް މުހިންމު އެއްޗެކެވެ.