އޯރިއޯ ފަޖް އަކީ އޯރިއޯ ކާހިތްވާ މީހުންނަށް ވަރަށް މީރު ރެސިޕީއަކަށް ވާނެއެވެ. އަދި ވައިޓް ޗޮކްލެޓް މީރު ފަރާތްތަކަށްވެސް ކަމުދާ ފޮނިކާއެއްޗަކަށް ވާނެއެވެ.

މިއީ މައިގަނޑު ގޮތެއްގައި އެންމެ 3 ބާވަތެއް ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭނެ ޑެޒާޓެކެވެ. ހަމައެހެންމެ މަދު ތަކެތި ބޭނުން ކޮށްގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ފަސޭހައިން ވެސް ތައްޔާރު ކޮށްލެވޭ އެއްޗެކެވެ.

ބޭނުންވާ ތަކެތި:

20 އޯރިއޯ ބިސްކޯދު

3 ޖޯޑު ވައިޓް ޗޮކްލެޓް ޗިޕްސް (ޗޮކްލެޓެއް ކުދިކޮށް ކޮށާފަ ނުވަތަ ކުކިންގް ޗޮކްލެޓްވެސް ބޭނުންކުރެވިދާނެ)

1/2 ދަޅު ގެރިކިރު

1 ސައި ސަމްސާ ވެނިލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދުކޮޅު ފުނޑުވާލާށެވެ. (ކޮންމެ ބިސްކޯދެއް ތިނެއް ނުވަރަ ހަތަރު ފަޅިޔަށް)

އެއަށް ފަހު ޓްރޭގައި ބޭކިންގް ޕޭޕާ އަޅަށެވެ. ބޭކިންގް ކަރުދާސް ނެތްނަމަ ތެޔޮ ކޮޅެއް ނުވަތަ ބަޓަރު ކޮޅެއް ތަބަކުގައި، އަރިމަތި ތަކާއެކު، ރަނގަޅަށް އުނގުޅާލިޔަސް ރަނގަޅުވާނެއެވެ.

ދެން ނޮން ސްޓިކް ބާވަތުގެ ތެއްޔެއްގެ ތެރެއަށް ޗޮކުލެޓާއި ގެރިކިރު ކޮޅު އަޅާލާފައި އުނދުން މައްޗަށް އުދާށެވެ. ވަރަށް މަޑުކޮށް ގިނި ބަހައްޓައިގެން ގިރަމުން ޗޮކުލެޓުތައް ވިރި ކިރާއި ރަނގަޅަށް އެއްވަންދެން ކައްކާށެވެ.

އެއަށްފަހު އުނދުން މަތިން ތެލި ބާލައި އޭގެ ތެރެއަށް އޯރިއޯ ބިސްކޯދު ކޮޅުގެ ދެބައިކުޅަ އެއްބަޔާއި ވެނީލާ އެސެންސް ކޮޅު އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ. އެއްކުރާ އިރު ބިސްކޯދުތައް މާބޮޑަށް ފުނޑުވި ޗަސްވިޔަ ނުދެއްޗެވެ.

ރަނގަޅަށް އެއްވުމުން ރެޑީކުރި ޓްރޭތެރަޔަށް އަޅާލާށެވެ. މިކަން ކުރާއިރު އަވަސް ވާންވާނެއެވެ. މިކަން ކުރަން ވާނީ އެއްވެސް ވަރަކަށް ތަވާގައި ޗޮކްލެޓްކޮޅު ހިހޫވިޔަ ނުދީއެވެ. ދޭފަތެއް ކަހަލަ އެއްޗެއް ބޭނުން ކޮށްގެން ކުޑަކޮށް އޮމާން ކޮށްލުމަށް ފަހު އޭގެ މައްޗަށް ބާކީ ހުރި އޯރިއޯ ކޮޅު އަޅާލާ ފަތުރާލާށެވެ. އަދި އިނގިލިތައް ބޭނުން ކޮށްގެން، ފަހުން އެޅި އޯރިއޯތައް މިކްސް ގަނޑުގެ ތެރެއަށް އޮއްބާލަންވެސް ވާނެއެވެ.

ދެން ފްރިޖަށް ލާފައި 1 ގަޑިއިރު ނުވަތަ 2 ގަޑިއިރު ވާންދެން ބަހައްޓާށެވެ. އަދި އެހާއިރުވުމުން ގޮޅި ގޮޅިއަށް ވާނެ ގޮތަށް ކަފާލާށެވެ.