ސަރުކާރުގެ ޢައިރު ގާނޫނީ ހުރަސްތަކަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެވިއްޖެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ހެޑް އަދި ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ގާނޫނީ ވަކީލުންނާ ބައްދަލުވުން ވެސް ރައީސް ޔާމީނަށް މިއޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފާ ކަމަށެވެ.
އޭގެ އިތުރުން މި މަހު 6 ވަނަ ދުވަހު ކޯޓް އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރި ޢައިރު ގާނޫނީ ހުރަސްތަކަށްފަހު މިއަދު ވަނީ އަލުން ބައްދަލުވުންތައް ފެށިފާ ކަމަށް ވެސް ޖަމީލު ވަނީ ވިދާޅުވެފައެވެ.
މި މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ރައީސް ޔަމީންގެ ޝަރީއަތުގެ އަޑުއެހުމުގައި ވަކީލުން ވަނީ އެ މީހުން ހޯދަން އެދިފައިވާ ލިޔެކިޔުންތައް ނުލިބޭ ކަމަށް ބުނެފައެވެ. އަދި ޝަރިއަތުގއި ޖަވާބުދާރީ ވުމަށް ލިޔެކިޔުންތައް ދިރާސާ ކުރަން ބޭނުންވާ ވަރަށް ރައީސް ޔާމީނާ އެކު ބައްދަލު ނުކުރެވޭ ކަމަށް ވެސް ވަކީލުން ވަނީ ބުނެފައެވެ.
އެ ޝަރިއަތުގައި އެ ލިޔެކިޔުންތައް ނުލިބި އޮތް ސަބަބު އޮޅުން ފިލުވުމަށް ފަހު އެ މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ ދިފާއުގެ ވަކީލުން ހޯއްދެވުމަށް އެދިވަޑައިގެން ނުލިބި ހުރި ލިޔެކިޔުންތަކެއް ހޯދުމަށާއި ރައީސް ޔާމީނާއެކު ވަކީލުންނަށް ދިރާސާ ކުރަން ގިނަ ވަގުތު ބޭނުންވާނެތީ އެ އިންތިޒާމުތައް ޕީޖީ އޮފީސް މެދުވެރިވެގެން ހަމަޖައްސާ ދިނުމަށް އަންގަވާފައެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މީދެން ވަރަށްހެއވާ ބައެއް އަދުލޭ އިނސާފޭކިޔާއިގެން ވެރިކަމަށް އައިސް ޖަހަނީ ސަކަރާތ.