ކާށިދޫ ދާއިރާގެ މެމްބަރު، އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ފައިސާ ނެންގެވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުމެއް މާދަމާ އަށް ތާވަލްކޮށްފިއެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފައި ވަނީ މެންދުރު 13:00 އަށެވެ. އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޝަރީއަތްގައި ޖާބިރު އަމިއްލަފުޅަށް މާދަމާ ވަކާލާތު ކުރައްވާނެ ކަމަށް ޑީއާރްޕީއިން ވަނީ ބުނެފައެވެ.
އެމައްސަލައިގެ އަޑުއެހުމެއް ފެބްރުއަރީ މަހު ބާއްވާފައިވާއިރު އެ އަޑުއެހުމުގައި ރައީސް މައުމޫންގެ ފަރާތުން ވަނީ މައްސަލައަށް އިންކާރު ކުރައްވާފައެވެ. އަދި އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށް ރައީސް މައުމޫނުގެ ފަރާތުން ވަނީ ވިދާޅުވެފައެވެ.
މައުމޫން ޖާބިރު އަތްޕުޅުން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ ފުލުހަށް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ޖާބިރު ވަނީ އެމައްސަލަ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުއްވި 29 މިލިއަން ރުފިޔާގެ މައްސަލަ އަނބުރާ ނެންގެވުމަށް ނިންމެވިއެވެ.
އޭރު އެމައްސަލަ އަނބުރާ ނެންގެވި ސަބަބަކީ ޖާބިރުގެ މަންމަ މަރިޔަމް މަނިކެގެ އެދިވަޑައިގަތުމަކަށް ކަމަށާއި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މައާފު ދެއްވާފައިވާ ކަމަށް އޭރު ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރު ވިދާޅުވީ މައުމޫނު އޭނާގެ އަތުން ފައިސާ ނެންގެވީ އެމަނިކުފާނު ޕީޕީއެމުން އެކަހެރިކޮށްފައި ހުންނެވި ދުވަސްވަރުގައި ކަމަށެވެ.
ޖާބިރު ވަނީ މިފަދަ ތުހުމަތެއް ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ވެސް ކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީން އޭނާގެ އަތުން 17 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށާއި އެ ރުފިޔާއަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ނެންގެވި ފައިސާ ކަމަށެވެ. މި ކަމާ ގުޅިގެން ޖާބިރު ވިދާޅުވެފައި ވަނީ ޔާމީންގެ ސަރުކާރަކީ އޭނާގެ އެހީތެރިކަމާއެކު ގެނެސްފައިވާ ސަރުކާރެއްކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.
އޮނަރަބްލް އަލްފާޝިލް ޢަބްދުﷲޖާބިރު ޤާނޫނުހަދާ މަޖްލީހުގެ މެމްބަރަކަށްވެ ހުންނަވައިގެން ތިކުރައްވަނީ ތުއްތު ދެކުއްޖެއްގެ މެދުގައި ޓޯއިސާމާނުތެރެއިން ކޮންމެވެސް އެއްޗެއް ދެކުދީން އެއްވަގުތަކާ އެއިން ކުޅެންބޭނުންޥީމަ އެއަށް ބާރުވެރިވެ ހުރެ ކުޅެން ހުންނަ ކުއްޖާޔަށް މަންމަ ޗޮކްލެޓެއްދީފަ ބޮޑާހާކާލައިގެން ރޯންއިންނަ ދަރިފުޅަށް ހޯދައިދިނީމަ ޕީސްވެ ރުއިންހުއްޓުވާލާހެން، މަންމާބުނީތީ 29މިލިއަންރުފިޔާ ދޫކޮށްލީ، އަނެއްކާވެސް މަންމާ ޖާބިރުގެ މުއްސަނދިކަން އައިމަގު ކިޔައިދީ ހަނދާންކޮށްލަދިނީމާ ދޫކޮށްލާނެ. ފަހަރެއްގައި ތިވާގޮތުން ބުނެވިދާނެ މިހެންވެސް،، އަހަރުމެންނަށް އަޑުއިވޭ ތިބޭކަލުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ކަލަގޮވާ ބޮޑެތި ޢަދަދުފައިސާގެ ވަގުބަދުނާމު ކުރާއަޑު. އެންމެގިނައިން އިވުނީ ޙަސަނުލް ބޫގިޔާއަށް ނުގަނެވުނު ޔޮޓެއް ރައީސް މައުމޫނު ގަތްވާހަކަ. ރާއްޖެއަށްލިބުނުހާ ފައިސާ އެމަނިކުފާނުގެ ވެރިކަމުގައި ވަގަށް ނަންގަވައި ހުސްކޮށްލީއޭ ކައިރީގަ ތިބިމީހުން މުއްސަނދިކުރި ވާހަކަ، ރައީސް އޮފީހުގައި ހުންނެވި ކޮންމެވެސް ޢަބްދުﷲޝާހިދެއްގެ ދެގެއެއް ނަގައި އުދަރެހާހަމަޔަށް އުފުއްލީވެސް ސަރުކާރުގެ ފައިސާއިންނޯ. މިހެންގޮސް ނީވޭކަށްނެތްވާހަކައެއް. އެވަރުމީހުން ކީއްވެތޯ މެމްބަރު ޢަބްދުﷲޖާބިރު އަތުން ފައިސާ ނަންގަވަންވީ. އަޅެ ތެދުބަހުން ވާހަކަ ދައްކާ ސިޔާސީބޭފުޅެއް އެބަ ހުންނެވިތޯ؟ ޝައިޚަކަށްވިޔަސް ސިޔާސީ މަޤާމްލިބުނީމާ މަގުފުރެދިފައި. ވަރަށް ސަލާމް