ޕެރޫގެ ނަޒްކާ ސަރަހާގެ ފަރުބަދައެއްގައި، އަރާމު ކުރަން އޮތް ބުޅަލެއްގެ ބައްޓަން ސިފަވާ ގޮތަށް ކުރެހުން (ޖިއޯގްލިފް) އެޅިފައި ވާތީ ފެނިއްޖެއެވެ.

ޖިއޯގްލިފްއަކީ، ގުދުރަތީ މައުދަންތަކެއްގެ ސަބަބުން، ދުނިޔޭގެ ސަތަހާގައި އަޅާފައި ހުންނަ ބޮޑެތި ކުރެހުންތަކަށް ކިއާ ނަމެކެވެ.

ބުޅަލެއްގެ ބައްޓަން ސިފަވާ ޖިއޯގްލިފް ފެނުނު ސަރަހައްދަކީ، މީގެ 2000 އެއްހާ އަހަރު ކުރިން އެޅިފައިވާ މިފަދަ ކުރެހުންތައް ހުންނަ ސަރަހައްދެކެވެ. މިއީ ޔުނެސްކޯއިން ތަރިކައިގެ ގޮތުގައިވެސް ބަލައިގެންފައިވާ ސަރަހައްދެކެވެ.

ސައެންސްވެރިން ގަބޫލުކުރާ ގޮތުގައި ބުޅަލެއްގެ ބައްޓަން ސިފަވާ ގޮތް ވެފައިވަނީ، ސަހަރާގެ ސަތަހާގައި އަޑިގުޑަންތަކެއް އުފައްދައިގެން، ދުނިޔޭގެ ބިމުގެ ސަތަހަ ބޭރަށް ފެންނާނެ ގޮތް ހަދައިގެންނެވެ.

މި ޖިއޯގްލިފް ފެނިފައި ވަނީ، މި ސަރަހައްދުގައި އޮބްޒަވޭޝަން ޕްލެޓްފޯމެއް އެޅުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިންނެވެ. ބުޅަލުގެ ކުރެހުން ފެންނަ ޖިއޯގްލިފް އޮތް ފަރުބަދައަކީ، އެ ސަރަހައްދުގައި ހުރި އެހެން ޖިއޯގްލިފްތަކުގެ ސާފު ތަސްވީރެއް ދެނިވި ހިސާބެކެވެ.

ބުޅަލެއްގެ ބައްޓަން ސިފަވާ މި ޖިއޯގްފިލް، 37 މީޓަރަށް ފެތުރިފައި ވާއިރު، "ކުރެހުންތައް" ހިސާބަކަށް ފަނޑުވަމުން އަންނަ ކަމަށް ޕެރޫއިން ބުނެއެވެ.